ރައީސް ޔާމީން ހައްޔަރު ކުރުމުގެ އަމުރަކަށް ޕީޖީން ކްރިމިނަލް ކޯޓުގައި އެދިއްޖެ

Advertisement

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ހައްޔަރު ކުރުމުގެ އަމުރަކަށް ޕްރޮސެކިއުޓާ ޖެނެރަލް ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި  ޕީޖީގެ މި ހުށަހެޅުމާމެދު ގޮތެއް ކަނޑައެޅުމަށް ރައީސް ޔާމީން މިއަދު  1:30އަށް ކޯޓަށް ހާޒިރުވުމަށް ކްރިމިނަލް ކޯޓުން މިހާރު ވަނީ ޗިޓް ފޮނުވައިފަ އެވެ.

ރައީސް ޔާމީން މިއަދު ކޯޓަށް ހާޒިރުކުރެވޭ ބޭނުން ކަމަށް ޗިޓުގައި ބަޔާންކޮށްފައި ވަނީ، ދައުލަތުން އެމަނިކުފާނުގެ މައްޗަށް ދައުވާކުރާ މަނީ ލޯންޑަރިން ކުރުމުގެ ކުށުގެ މައްސަލައިގައި ބަންދާއި މެދު ގޮތެއް ކަނޑައެޅުމުގެ މަޖިލީހެއް ބޭއްވުމަށެވެ.

ރައީސް ޔާމީން ހައްޔަރުކުމުގެ އަމުރަކަށް ޕީޖީން އެދިފައި މި ވަނީ އެ މަނިކުފާނުގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައިގެ ދައުވާ ވެސް އުފުލާފައި ވަނިކޮށެވެ.

ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ފ. ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސް ޔާމީން ހައްޔަރުކުރުމުގެ އަމުރެއް އުޅޭ ވާހަކަ އަޑު އެބަ އިވޭ ކަމަށާއި އަދި އެކަން ކަށަވަރު ނުވާ ކަމަށެވެ.

Advertisement
Next: ޝަރީއަތް ނިމެންދެން ރައީސް ޔާމީން ބަންދުގައި ބަހައްޓަން އަމުރުކޮށްފި