ޝަރީއަތް ނިމެންދެން ރައީސް ޔާމީން ބަންދުގައި ބަހައްޓަން އަމުރުކޮށްފި

Advertisement

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ހައްޔަރު ކުރުމުގެ އަމުރަކަށް ޕްރޮސެކިއުޓާ ޖެނެރަލް އެދިފައިވާތީ، ޝަރީއަތް ނިމެންދެން އެމަނިކުފާނު ހައްޔަރުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ރައީސް ޔާމީން ފުރަތަމަ ގެންދާނެ ކަމަށް މައުލޫމާތު ލިބެނީ މާލޭ ޖަލަށެވެ. އެމަނިކުފާނު ބަންދުގައި ބަހައްޓަން އަމުރުކުރީ، ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ އެމްއެމްޕީއާރްސީގެ މަނީ ލޯންޑަރިން މައްސަލައިގައި ހެކީންނަށް ނުފޫޒު ފޯރުވައި ރިޝްވަތު ހުށަހެޅުއްވި ކަމުގެ ތުހުމަތުގަ އެވެ.

Next: ރައީސް ޔާމީން ހައްޔަރުކޮށްގެން ޖަލަށް ގެންގޮސްފި