މީދޫއިން މަސްވެރިކަން ކުރަން ނުކުތް ދޯންޏެއް ބަންޑުން ޖަހާލައިފި

 

Advertisement

މީދުން މަސްވެރިކަމަށް ނިކުތް ކުޑަ ދޯންޏެއް ބަންޑުންޖަހާލުމުން ދޯނި ބަންޑުން ޖަހާލި ވަގުތު އެސަރަހައްދުގައި ހަރަކާތްތެރިވި ޑިންގީއަކަށް ބަންޑުން ޖަހާލި ދޯނީގައި ތިބި ދެމީހުން ނަގާފައިވާ ކަމަށް އެމްއެންޑީއެފް ހާމަކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ބަންޑުޖަހާލި ދޯނީގައި ތިބީ މީދޫ ރޯޝަނީގޭ ޖަލީލުއާއި މީދޫ އޮއިވަރު މުހައްމަދުދީދީއެވެ. ދޯނި ބަންޑުންޖަހާލުމާއި ގުޅިގެން މިދެމީހުންނަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެމްއެންޑީއެފް އިން ހާމަކޮށްފައިވާތޮތުން  ބަންޑުން ޖަހާލާފައިވަނީ އައްޑޫ ސިޓީ އިސްމެހެލާގެ އިރު އުތުރު ފަރާތުގައި މަސްވެރިކަންކުރަން އުޅުނު ކުޑަ ދޯންޏެއް ކަމަށާއި އެ ހާދިސާގެ މައުލޫމާތު އެމްއެއެންޑީއެފްގެ ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއަށް ލިބިފައިވަނީ މިއަދު 9:05 ހާއިރު ކަމަށެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ބަންޑުން ޖަހާލި ދޯނި ސ.މީދޫއަށް ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

Advertisement
Next: އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ރިޕޯޓް އާއްމުކޮށްފި