މީދޫ އިކޯގާޑަން

Advertisement

މަތީގައިވާ ފޮޓޯތަކާއި ތިރީގައިވާ ފޮޓޯތަކަކީ މީދޫ ކުޅީގައި އަމިއްލަ ފަރާތަކުން ތައްޔާރު ކުރަމުންދާ  “މަތިކިޅި އިކޯގާޑަން” ދައްކުވައިދޭ ފޮޓޯތަކެއް .  ޗަސް ބިމުގައި

ތައްޔާރު ކުރަމުންދާ “މަތިކިޅި އިކޯގާޑަން” ވެފައިވަނީ ދެޖިންސްގެ ޒުވާނުންނާއި އާއިލާތަކުގެ މެމްބަރުން އެތަނަކަށް ޒިޔާރަތްކޮށް އެތަނުގައި ފޮޓޯތައްނަގަމުންދާ މަޝްހޫރުތަނަކަށް . މިގޮތުން މިއިކޯގާޑަންއަށް ޒިޔާރަތްކުރާ ފަރާތްތަކުން ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާއަށް ލުމުން ވަރަށް ގިނަ ފަރާތްތަކުގެ ތައުރީފް މިއިކޯގާޑަން އަށް ލިބިގެންދާކަން ފާހަގަކުރެވޭ .

Advertisement

މިއިކޯގާޑަންގައި ތައްޔާރުކުރެވިފައިވާ ފެންގަނޑު ހުރަސް ކުރުމަށް ލަކުޑިން ހަދައިފައިވާ ކުޑަކުޑަ ބްރިޖުގެ މަތީގައި ތިބެގެން އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކުން ނަގާ ފޮޓޯތަކުގެ ސަބަބުން އެތަނުގެ ފުރިހަމަކަން އިތުރަށް ފެނިގެންދޭ  . އަދި މީގެ އިތުރަށް  އެ ތަނަށް ޒިޔާރަތްކުރާ ފަރާތްތަކުން އުފާ ކޮށްލުމަށްޓަކައި ފެންގަނޑުގައި ބާއްވާފައިވާ ކަނދުފައްޗަށް އަރައި ކަނދުފަތި ދުއްވާލުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައި .

އެތަނަކަށްގޮސް ފޮޓޯ ނެގުމަށް މަޝްހޫރުކަން ލިބިފައިވާ މިއިކޯގާޑަންއާއި ހަމައަށްދިއުމަށް ގާތްގަޑަކަށް 400 ފޫޓުގެ ރާސްތާއެއް ކަޑައްތު ކުރަން ޖެހޭ .  މި މަގުގައި ދެފޫޓުބަޔަށް އުސްކޮށް ތަބު ޖަހައިގެން ލަކުޑިން ޑެގެއް އަޅައިގެން އެމަގު ހެދުމަށް މިތަނުގައި މަސައްކަތް ކުރަމުންދާ މީހުންދަނީ މަސައްކަތް ކުރަމުން .

މިއިކޯގާޑަން ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން 7595888 އިން ސަލާހުއަށް ގުޅުއްވުން އެދެން.

Next: ޖަލު ހުކުމެއްގައި ހުރި ޒިޔަތު ގޭބަންދަށް ބަދަލުކޮށްފި