ފުޓްބޯޅަ ކުޅެން ހުއްޓައި މިއަދު މީހަކު މަރުވެއްޖެ

Advertisement

ފުޓްބޯޅަ ކުޅެން ހުއްޓައި މިއަދު މީހަކު މަރުވެއްޖެ އެވެ.

ކ. ހިންމަފުށީ އައްސޭރި ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ އުމުރުން 34 އަހަރުގެ މިމީހާ ފުޓްބޯޅަ ކުޅެން ހުއްޓާ ހަބަރު ހުސްވެގެން ވެއްޓުމުން ބެލިއިރު އޭނާ މަރުވެފައި އޮތް ކަމުގެ މައުލޫމާތު ކަރެކްޝަންސުންވަނީ  ހާމަކޮށްފައެވެ. ކަރަެކްޝަނުން ހާމަކޮށްފައިވާގޮތުގައި   ފުލުހުން އަންނަނީ މިމަރުގެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

މަރުވި ގަޒްލީ އަބްދުލްގަފޫރު ނަމަކަށް ކިޔާ  މިމީހާ ހުކުމް ތަންފީޒުކުރަމުން ދިޔައީ ކޮން ކުށަކާ ގުޅިގެން ކަމެއް ކަރެކްޝަންސުން އަދި ހާމަކޮށްފައިނުވެއެވެ.  އެކަމަކު މިމަރުގެ މައްސަލަ ފުލުހުންގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް މިހާރު ވަނީ ހުަށަހަޅާފައެވެ..

އައްސޭރި ޖަލު ބޭނުންކުރަނީ ލުއި ޖަލެއްގެ ގޮތުގަ އެވެ.

ޖަލުތަކުގައި މީހުން މަރުވެ، އިހުމާލުގެ ތުހުމަތުތަކާ ގުޅިގެން އެ މައްސަލަތައް ބަލަން ހޯމް މިނިސްޓްރީން ވަނީ ކޮމިޝަނެއް އެކުލަވާލައިފަ އެވެ.

Next: ފްލައިމީގެ މަތިންދާ ބޯޓެއް ރަންވޭ މަތިން ކަހާލައިފި