ފްލައިމީގެ މަތިންދާ ބޯޓެއް ރަންވޭ މަތިން ކަހާލައިފި

Advertisement

ފްލައިމީގެ މަތިންދާ ބޯޓެއް ރަންވޭ މަތިން ކަހާލައިފިއެވެ.

މާމިގިލީ އެއަރޕޯޓްގައި ޖެއްސި ފްލައިމީގެ މަތިންދާބޯޓް ރަންވޭ މަތިން ކަހާލީ ރޭ 21:45 ހާއިރުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފްލައިމީގެ މަތިންދާބޯޓް މާމިގިލީ އެއަރޕޯޓްގެ ރަންވޭމަތިން ކަހާލައިގެން  ބޯޓްގެ އެއް ފުރޮޅު ދިޔައީ ވިނަގަނޑު މަތިންނެވެ. އެހެން ނަމަވެސް މިހާދިސާގައި މަތިންދާ ބޯޓްގައި ތިބި އެއްވެސް ބަޔަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މިމަތިންދާ ބޯޓުން ދަތުރު ކުރި މީހަކު “ވަގުތު”  އޮންލައިނަށް މަލޫމާތު ދެއްވަމުން ބުނެފައިވާކަމަށް ވަގުތުގައި ހާމަކޮށްފައިވާގޮތުން ރަންވޭމަތިން މަތިންދާބޯޓް ކަހާލައިގެން ދިޔަވަގުތު ބޯޓްގައި ތިބި މީހުން ސަލާމަތްވީ “ހަމަ ކިރިޔާ” ކަމަށް ހާމަކޮށްފައިވެއެވެ.

“ބުނެވޭނީ ﷲ ގެ އިރާދަފުޅުން ނުރައްކާތެރި ހާދިސާއެއް ނުހިނގީ ކަމަށް. ހަމަ ކިރިޔާ ސަލާމަތްވީ. ފްލައިޓް ވަރަށް ބޮޑަށް މަޑުވި ފަހުން ރަންވޭ އިން ކަހާލުމުން ސަލާމަތްވީ. ބާރު ސްޕީޑްގައި އަންނަނިކޮށް ކަހާލި ނަމަ ވަރަށް ނުރައްކާ ވީސް.” ރަންވޭމަތިން ކަހާލި ފްލައިމީގެ ބޯޓުން ދަތުރުކުރިމީހަކާ ހަވާލާދީ ވަގުތު އޮންލައިންގައި ހާމަކޮށްފައިވެއެވެ.

މިހާދިސާ އާއި ގުޅޭ ގޮތުން ސިވިލް އޭވިއޭޝަނުން ވެސް އަދި ފްލައިމީ އިން ވެސް މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ރަންވޭމަތިން ކަހާލި ފްލައިމީގެ ބޯޓް އަދިވެސް އޮތީ މާމިގިލީގައެވެ.

Advertisement

 

 

Next: ރައީސް ސޯލިހުގެ ރިޔާސީ ބަޔާނުގައި ހުރި ގިނަ ކަންކަމަށް ލޭބަރ ޕާޓީން ތާޢީދުކޮށްފި