ޖަމިއްޔާތަކާ ބެހޭ ކަންކަން ބެލެހެއްޓުން ޔޫތު މިނިސްޓްރީގެ ދަށަށް ބަދަލު ކޮށްފި

ޖަމިއްޔާތަކާ ބެހޭ ކަންކަން ބެލެހެއްޓުން ޔޫތު މިނިސްޓްރީގެ ދަށަށް ބަދަލު ކޮށްފި އެވެ.

ޖަމިއްޔާތައް ރަޖިސްޓްރީ ކުރުމާއި އުވާލުމާއި ޖަމިއްޔާތައް ރެގިއުލޭޓް ކުރުން ފަދަ ޖަމިއްޔާތަކާ ގުޅޭ އެންމެހާ މަސައްކަތްތައް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓުން ކުރާ ގޮތަށް ބަދަލުކޮށްފިއެވެ. މީގެ ކުރިން މިމަސައްކައްތައް ކުރަމުން އައީ ހޯމް މިނިސްޓްރީންނެ

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓުން ކުރި އިއުލާނެއްގައި ވަނީ ޖަމިއްޔާތަކާ ގުޅޭ ހުރިހާ މަސައްކަތްތަކާއި ކޮމިއުނިޓީ އޯގަނައިޒޭޝަންތަކާ ގުޅޭ މަސައްކަތްތައް މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން އެ މިނިސްޓްރީގެ ދަށަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބަދަލު ކުރައްވާފައިވާ ކަމަށެވެ. އެހެންވެ، މިއަދުން ފެށިގެން އެ މަސައްކަތްތައް ކުރާނީ އެ މިނިސްޓްރީން ކަމަށް އެ އިއުލާނުގައިވެ އެވެ

Next: ޖޯލިއަންސް މިކްސް ވޮލީ މުބާރާތް: ސެމީފައިނަލްގެ ފުރަތަމަމެޗްގައި ޓަފްސިކްސްއާއި ޗެލެންޖާސް