ޖޯލިއަންސް މިކްސް ވޮލީ މުބާރާތް: ސެމީފައިނަލްގެ ފުރަތަމަމެޗްގައި ޓަފްސިކްސްއާއި ޗެލެންޖާސް

ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގެ ސެމީފައިނަލަށް 4 ޓީމް ހޮވިއްޖެވެ.

މިމުބާރާތުގެ ސެމީފައިނަލަށް ހޮވުނު ޓީމްތަކަކީ ޓީމް ޓަފްސިކްސް ، ޗެލެންޖާސް ، އަލްފައިން އަދި ގަރާޖެވެ.

މިރޭ ކުޅެވޭ ސެމީފައިނަލްގެ ފުރަތަމަ މެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ޗެލެންޖާސްއާއި ޓަފްސިކސްއެވެ.

ފޭދޫ ޒުވާނުން އިންތިޒާމްކޮށްގެން ބާއްވާ މިމުބާރާތުގެ މަޤްޞަދަކީ ކުޅިވަރުގެ ރޫޙް އާލާ ކުރުމާއި ވޮލީބޯޅައިގެ ރޫހު އާލާ ކުރުމުގެ އިތުރަށް  އެކުވެރިކަން ބަދަހިކުރުންކަމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތުދެއެވެ.

ޖުމްލަ ހަ ޓީމެއް ބައިވެރިވި މުބާރާތުގެ ޗެމްޕިއަން ޓީމަކަށް ފަސްހާސް ރުފިޔާ، ރަނައަޕްޓީމަށް ތިން ހާސް ރުފިޔާ އަދި ތިންވަނައަށް ހޮވޭ ޓީމަކަށް އެއްހާސް ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

Next: ޕަބްލިކް ވޯކްސް އުވާލައި، މަސައްކަތްތައް ޕްލޭނިންގ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި