ރާއްޖޭގެ ދެކުނަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، ސަމާލުވުމަށް އެންޑީއެމްއޭއިން އިލްތިމާސްކޮށްފި

Advertisement

ކުރިއަށް އޮތް ދެދުވަހު ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، މޫސުމަށް ސަމާލުވުމަށް ނެޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން އިލްތިމާސްކޮށްފިއެވެ.

ކުރިއަށް އޮތް ދެދުވަހު ރާއްޖޭގެ ދެކުނުގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، މީގެތެރެއިން ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ގައުމީ އިދާރާ މެޓުން ހާމަކޮށްފައިވާތީ   އުތުރާއާއި މެދުރާއްޖޭގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ފެންބޮޑުވުމާއި ގަދަވަޔާއި، ކަނޑުގަދަވުމުގެ ސަބަބުން ކުރިމަތިވެދާނޭ ގެއްލުންތަކުން ރައްކާތެރިވުމަށް ނެޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަނީ އިއުތިމާސްކޮށްފައެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި  ގދ. ތިނަދޫއާއި އެއަތޮޅު ވާދޫގައި ފެން ބޮޑުވެފައިވާއިރު  ފެންބޮޑުވުމުގެ ހާދިސާއަކުން ރައްކާތެރިވުމުގެގޮތުން، ގެއަށް ފެން ނުވަންނާނެހެން ކުރިޔާލާ ގޭގެ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުމާއި، ގޭތެރެއަށް ފެން ވަދެ މުދަލަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުން މުހިންމު ކަމަށްވެސް ނެޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީންވަނީ އިއުތިމާސްކޮށްފައެވެ.  އަދި ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުން ފަދަ ކަންކަން ކުރުމަށްވެސް ނެޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީންވަނީ އިއުތިމާސްކޮށްފައެވެ،.

ރާއްޖޭގެ ދެކުނުގެ ޞަރަހައްދަށް ކުރަމުންދާ ވިއްސާރައިގައި ގދ ތިނަދޫގެ މަގުތަކުގައި ފެން ބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ވަނީ ކޮށްފައެވެ.  ރޭ ފަތިހު ގދ ތިނަދޫއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމާއި ގުޅިގެން މިއަދު ހެނދުނުން ފެށިގެން އެމްއެންޑީއެފް ސަދަރން އޭރިއާ ތިނަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން އެ ރަށުގައި ހަރަކާތްތެެރިވެފައިވެއެވެ.  މިގޮތުން އެރަށުގެ ދެ ސަރަޙައްދެއްގައި ޕަމްޕް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތްކޮށްފައިވާކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތުދެއްވާފައިވެއެވެ.

Next: ޓީމް އަލްފައިން ޕޮއިންޓް ޓޭބަލްގެ އެއްވަނައަށް ޖެހިލައިފި