މީރާ މަސައްކަތް ކުރަނީ ވިޔަފާރިތައް ފުނޑުފުނޑުކޮށްލަން: އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް

Advertisement

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މަސައްކަތް ކުރަމުންދަނީ ގާނޫނުތައް އަމިއްލަ ގޮތަކަށް މާނަކޮށްގެން ވިޔަފާރިތައް ފުނޑުފުނޑުކޮށްލުމުގެ މަސައްކަތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވި ބޯޓިންގ އެވޯޑްސް ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ ޓެކްސް ނުނަގާ ގައުމެއް ކުރިނާރާނެ ކަމަށާއި ނަމަވެސް މީރާއިން އަމަލު ކުރަމުން އަންނަނީ ގާނޫނުތައް އަމިއްލަ ގޮތަކަށް މާނަކޮށްގެން ވިޔަފާރިތައް ފުނޑުފުނޑުކޮށްލުމުގެ މަސައްކަތް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ވިޔަފާރިތަކަށް ފަސޭހަ، ފަހި މާހައުލެއް ގާއިމްކޮށްދިނުމުގެ ގޮތުން މީރާ ހިންގަމުންގެންދާ އުސޫލު ބަދަލުކުރަން ރާވާފައިވާ ކަމަށާޢި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވިސްނުންފުޅަކީ ވިޔަފާރިވެރިންނަށް ބޮޑެތި ފަސޭހަތަކެއް ވާނެ ގޮތަކަށް ކަންކަން ކުރިޔަށް ގެންދިއުންކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ އަންނަ އަހަރު ފެބްރުއަރީ މަހުގެ ތެރޭގައި ވިޔަފާރިވެރިންނާއެކު މަޝްވަރާ ބައްދަލުވުންތަކެއް ކުރިޔަށްގެންދިއުމަށް ހަމަޖެިފައިވާކަމަށާއި، އެބައްދަލުވުމުގައި ވިޔަފާރިވެރިންނަށް ހުރި ގޮންޖެހުންތައް ހޯދައި ހައްލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

Next: އަންނަ އަހަރު ދެވަނަޓާމްގައި ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ދެނީ