“އޭޝިއަން ރޯވިންގް ފޯ އޯލް” ކޮމިޓީގެ ގޮނޑިއެއް ރާއްޖެއަށް ލިބިއްޖެ

“އޭޝިއަން ޜޯވިންގް ފޯ އޯލް” ކޮމިޓީގެ ގޮނޑިއެއް ދިވެހިރާއްޖެއަށް ލިބިއްޖެއެވެ.

މި މަހުގެ ކުރީކޮޅުގައި ޗައިނާގެ ބެއިޖިންގް ގައި ބޭއްވުނު އޭއާރުއެފްގެ ކޮންގްރެސްގައި “އޭޝިއަން ޜޯވިންގް ފޯ އޯލް” ކޮމިޓީގެ ގޮނޑިއެއް ރާއްޖެއަށް  ލިބުނީ ކޮންގްރެސް އަށް ހާޒިރުވި 36 ޤައުމުގެ އިއްތިފާޤުންނެވެ. “އޭޝިއަން ޜޯވިންގް ފޯ އޯލް” ކޮމިޓީގައި ރާއްޖެއިން ތަމްސީލު ކުރައްވަނީ ރޯވިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ރައީސް، އަހުމަދު ހަބީބެވެ.

ރޯވިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ރައީސް، އަހުމަދު ހަބީބު ވިދާޅުވީ، ރާއްޖެ “އޭޝިއަން ޜޯވިންގް ފޯ އޯލް” ކޮމިޓީގެ ގޮނޑިއެއް ލިބުމުން ރާއްޖޭގެ ރޯވިންގްއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށާއި އަދި  އޭޝިޔާ ރޯވިންގްގައި ބަސް ބުނުމުގެ ފުރުސަތު ދިވެހިރާއްޖެއަށް ލިބިގެންދާނެކަމަށެވެ.

ރާއްޖޭގައި ރޯވިން ތަރައްޤީ ކުރުމަށް ރޯވިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ދަނީ އެކިއެކި މަސައްކަތް ކުރަމުންކަމަށާއި، މިއީ އެކަމަށް ލިބުނު ބޮޑު ހިތްވަރެއްކަމަށް ހަބީބް ފާހަގަކުރެއްވިއެވެ.

މަސްދަރު:ޕީއެސްއެމް

Next: ކުޅިވަރާބެހޭ ވަޒީރު މަހުލޫފާއި އޭއެފްސީގެ ރައީސް ބައްދަލު ކުރައްވަނީ