ސްޓަރ ސްކްރީން އެވޯޑް: އެންމެ މޮޅު އެކްޓަރ : ރަންވީރު – އެންމެ މޮޅު އެކްޓްރެސް: އާލިއާ

ކޮންމެ އަހަރަކުވެސް ބާއްވާ ސްޓާ ސްކްރީން އެވޯޑް މިއަހަރުވެސް ބާއްވައިފިއެވެ.

މުމްބާއީގައި އާދީއްތަ ދުވަހު ބޭއްވުނު ސްޓާ ސްކްރީން އެވޯޑުން   އެންމެ މޮޅު އެކްޓަރަކަށް ހޮވުނީ، ފިލްމު “ޕަދްމާވަތު” އިން ރަންވީރް ސިންގް އެވެ.

އެންމެ މޮޅު އެކްޓްރެސް އަކަށް ހޮވުނީ، ފިލްމު “ރާޒީ” އިން އާލިއާ ބަޓް ހޮވިފައިވާއިރު އެންމެ މޮޅު ފިލްމަކަށް ހޮވުނީ ބިރުވެރި މަޖާ ފިލްމު “ސްޓްރީ” އެވެ.

މި އެވޯޑު ހަފްލާގައި ބޮލީވުޑަށް އަލަށް ތައާރަފްވި ތަރިންގެ ތެރެއިން އެވޯޑް އުފުލާލީ، ފިލްމު “ބިޔޮންޑް ދަ ކުލައުޑް” އަދި “ދަޅަކް” އިން އިޝާން ކައްޓަރެވެ. އަދި ފިލްމު “ޕަޓާކާ” އިން ރާދިކާ މަދަން އެވެ.

Next: ދިރާސީ އައު އަހަރާއެކު 25 ސްކޫލެއްގެ ދަރިވަރުންނަށް އެ ސްކޫލުތަކުން ހެނދުނުގެ ނަސްތާ ލިބޭނެ