ރައީސް ސޯލިހު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފި އެވެ.

މިއީ ވެރިކަމާއި ހަވާލުވެ ވަޑައިގެން ގައުމުން ބޭރަށް ރައީސް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅެވެ. އެމަނިކުފާނު އިންޑިއާއަށް ވަޑައިގެންނެވުމުން އެއާޕޯޓުގައި މަރުހަބާ ދެންނެވުމުގެ ގޮތުން ވަނީ އިންޑިއާގެ ސަގާފީ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައި އެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ހުންނަވާނީ އިންޑިއާގެ ރައީސްގެ ރަސްމީ ގެ ކޮޅު ރާސްތްރަޕަތީ ބަވަން ގައި އެވެ.

މި ދަތުރުފުޅުގައި މިއަދު ހަވީރު އިންޑިއާގެ ވެރިރަށް ނިއުދިއްލާގައި އުޅޭ ދިވެހިންނާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާއިރު، މިރޭ އިންޑިއާގެ ވިޔަފާރިވެރިންނާއި ރައީސް ސޯލިހު ބައްދަލު ކުރައްވާނެ އެވެ. އިންޑިއާ ސަރުކާރާއި އެކު ބާއްވަވާ ރަސްމީ ބައްދަލުވުންތައް އޮންނާނީ މާދަމާ އެވެ.

އެގޮތުން މާދަމާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރަސްމީކޮށް ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި ބައެއް އެއްބަސްވުންތަކުގައި ސޮއިކުރެއްވުން އޮންނާނެ އެވެ.. އަދި އިންޑިއާގެ ރައީސާ ވެސް މާދަމާ ބައްދަލުކުރައްވާނެ އެވެ.

ރައީސް ސޯލިހު މި ދަތުރުފުޅަށް ފުރާވަޑައިގެންނެވުމުގެ ކުރިން ވިދާޅުވީ މި ދަތުރުފުޅުގައި އަބަދުވެސ އިންޑިއާއިނަ ރާއްޖެއަށް އެހީތެރިކަން ދޭ ދާއިރާތައް ކަމަށްވާ ޞިއްޙީ ދާއިރާއާއި، ސަގާފީ ކަންކަމާއި، ދިފާއީ ކަންކަމުގައި، މިދަތުރުގެ ސަބަބުން މިހާރަށް ވުރެ އިތުރަށް ގުޅުން ބަދަހިވެގެންދާނެ ކަމަށެވެ.

Next: ފެނަކައިގެ އެމްޑީއަކަށް ބޭފުޅަކު އައްޔަން ކޮށްފި