ފެނަކައިގެ އެމްޑީއަކަށް ބޭފުޅަކު އައްޔަން ކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑައިރެކްޓަރަކަށް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

ފެނަކައިގެ އެމްޑީއަކަށް އައްޔަން ކުރެއްވީ ގދ ވާދޫ، މޭފޫނާ، އަހުމަދު ސައީދު މުހައްމަދު އެވެ.

ފެނަކަ ކޯޕަރޭޝަނުގެ އެމްޑީއަކަށް ކުރިން ހުރި މުހައްމަދު ލަމްއާން ވަނީ އެމަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުންނެވެ.

ފެނަކައިގެ ޗެއާމަނަކަށް ހުންނެވި އިގްބާލް އާދަމް އެ މަގާމުން ވަނީ ވަކިކުރައްވާފަ އެވެ.

Next: “ސައުފުތާހެރި އައްޑޫސިޓީ” ގެ ނަމުގައި ސާފްކުރުމުގެ ޕްރޮގްރާމެއް ހިތަދޫގައި ކުރިއަށް ގެންގޮސްފި