މީދޫ ގެއަކުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފި

Advertisement

މީދޫ ސައިގޭ ގޯތި ތެރޭގައި އަލަށް އިމާރާތްކުރަމުންދާ ބައިން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ތަކެތި ހޯދައި 32 އަހަރުގެ މީހަކު  މީދޫއިން ހައްޔަރުކޮށްފިއެވެ.

ސައިގޭ އަލަށް އިމާރާތްކުރަމުންދާ ބައިން  ވައްކަން ކޮށްފައިވާކަމަށް މި ޑިސެމްބަރ 10 ވަނަ ދުވަހު ހުޅަހަޅާފައިވާ މައްސަލަައާ ގުޅިގެން، ސ.ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ކޯޓުއަމުރެއްގެ ދަށުން   މި މީހާ ދިރިއުޅޭގެ ބަލާފާސްކުރުމުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ތަކެތި ވަނީ ފެނިފައިވެއެވެ.

މިމައްސަލަ ސ.ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހްޤީގު ކުރަމުންނެވެ.

Next: މުލިމަތި ފުޓްސަލް މުބާރާތް 2019