ބަރަހަނާ ވެބްސައިޓްތައް ބްލޮކްކޮށްދެއްވާ! އައްޝެއިޚް އަލީ ޒައިދު

Advertisement

ބަރަހަނާ ވެބްސައިޓްތައް ބްލޮކްކޮށްދެއްވުމަށް ހޯމް މިނިސްޓަރު އައްޝެއިޚް އިމްރާން އަބްދުﷲއާއި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހަށް ދީނީ އިލްމުވެރިޔާ އައްޝެއިޚް އަލީ ޒައިދު އިލްތިމާސްކުރައްވައިފިއެވެ.

ބަރަހަނާ ވެބްސައިޓްތައް ބޮލްކްކޮށްދެއްވުމަށް ޒައިދު އިލްތިމާސްކުރައްވާފައިވަނީ އޭނާ ކުރެއްވި ޓުވީޓެއްގައެވެ.

އައްޝެއިޚް އަލީ ޒައިދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ބަރަހަނާ ވެބްސައިޓްތައް ބޮލްކްކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމުގައި ދެކޭ ކަމަށެވެ.

“ބަރަހަނާ ވެބްސައިޓްތައް ބްލޮކް ކޮށްދެެއްވުން އެދި ހޯމް މިނިސްޓަރު އިމްރާން އަދި ޓެކްނޮލޮޖީ މިނިސްޓަރު މަލީހުގެ އަރިހުން ވަރަށް އަދަބުވެރިކަމާއެކު އިލްމާސްކުރަން. މިއީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމުގައި ދެކެން. އިސްލާމީ ގައުމެއްގައި މި އެއްޗެއްސަށް އެކްސަސް ދެވިގެން ނުވާނެ،” އައްޝެއިޚް އަލީ ޒައިދު  ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

Next: ޔާމީން ފުލުހަށް ހާޒިރުކުރަނީ އިންޑިއާއި ދެމެދު ހެދި ޑީލްތަކުގެ ފޯކަސް ގެއްލުވާލަން – އަބްދުއްރަހީމް