ނައިބު ރައީސް ފައިސަލް ނަސީމް ހުޅުމީދުއަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމުހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ހުޅުމީދުއަށް ޒިޔާރަތްކުރައްވައިފިއެވެ.

ނައިބު ރައީސް  ފައިސަލް ނަސީމް ހުޅުމީދުއަށް ވަޑައިގަތުމަށްފަހު ވަޑައިގެންނެވީ ހުޅުމީދޫ ސިއްހީމަރުކަޒަށެވެ. ސިއްހީ މަރުކަޒަށް ވަޑައިގެން އެތަނުގެ  ޙާލަތު ނައިބު،ރައީސް ފައިސަލް ނަސީމްވަނީ ބައްލަވާލައްވައިފިއެވެ.

އަދި މީގެއިތުރަށް އެތަނުގައިތިބި ބަލި މީހުންގެ ހާލު ބައްލަވާލައްވައި، ސިއްހީ މަރުކަޒުގެމުވައްޒަފުންނާއި އިސްވެރިންނާއި ބައްދަލުކުރައްވައި އެތަނުގައި ޚިދުމަތްދިނުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތަކާ ގުޅޭގޮތުންވަނީ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސް ޝިދާތާ ޝަރީފާއި, އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައިޝަތު ރަޝީދުގެ އިތުރުން، ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޝާހް ޢަބްދުﷲ މާހިރު ބައިވެރިވެ ވަޑައިގެންފައިވެއެވެ. އަދި މީގެ އިތުރަށް ނައިބު ރައީސްގެ މި ދަތުރުފުޅުގައި އައްޑޫސިޓީގެ މޭޔަރވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

Next: އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮކޮށް، ދެ ދުވަސްތެރޭ އަގުތައް އިޢުލާންކުރަނީ