Advertisement
ޕެންޝަން ސްކީމުގެ ދަށުން ހައްޖަ ދިޔުމުގެ ފުރުސަތު ލިބޭ ފަރާތުގެ މައިންބަފައިންނާއި އަނބިންނާއި ފިރިން އަދި ދަރިންނަށް ނުވަތަ އިމީޑިއޭޓް ފެމިލީއަށް އެ ފުރުސަތު ލިބޭގޮތް ހެދުމަށް ގިނަ ބަޔަކު ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ރޮޒެއިނާ މިހެން ވިދާޅުވީ ފަރުޟު ހައްޖު އަދާކުރުމަށްޓަކައި ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކުރެވޭ ގޮތް ހެދުމަށް ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މަޖިލިހަށް ހުށަހެޅި އިސްލާހަށް ވާހަކަ ދައްކަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ މިބިލަށް ކޮމިޓީ މަރުހަލާގައި މަޝްވަރާ ކުރައްވާއިރު އިމީޑިއޭޓް ފެމިލީއަށް ފުރުސަތު ލިބޭގޮތަށް ހަމަޖެއްސުމާމެދު ގޮތެއް ކަނޑައެޅުމަކީ މުހިއްމުކަމެއްކަމުގައި ދެކެވަޑައިގަންނަވާކަމަށެވެ.