ސްޓެލްކޯ އެމްޑީއަކަށް ހަސްން މުގުނީ އެމްޕީއެލްގެ އެމްޑީއަކަށް ސ. ހުޅުދޫ ޝާހިދު އަލީ ހަމަޖައްސައިފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީ.އެލްގެ މެނޭޖިންގ ޑިރެކްޓަރުންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓޭޒޭޝަން ބޯޑުގެ ޗެއަރމަން މުހައްމަދު ނިޒާރު ވިދާޅުވީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް އައްޔަންކޮށްފައިވަނީ ސ. ހުޅުދޫ ވާރުގެ، ޝާހިދު އަލީކަމަށެވެ.  ޝާހިދަކީ ނަޝީދުގެ ވެރިކަމުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަން ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ވަހީދުގެ ވެރިކަން ނިމި ޔާމީންގެ ވެރިކަން ފެށުމާއި ހަމައަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފައެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ ހެންވޭރު ސަންދަލީގެ، ހަސަން މުގްނީއެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަން ކުރެއްވީ ހ.ސަންދަލީގެ ހަސަން މުގުނީ އެވެ. އޭނާ އަކީ ވެސް ނަޝީދުގެ ވެރިކަމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަން ކުރެއްވި ބޭފުޅެކެވެ. އަދި އޭނާއަކީ ރައީސް ޔާމީންގެ ވެރިކަމުގައި ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި 2014 ވަނަ އަހަރުގެ ޖެނުއަރީމަހު ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމަށް އައްޔަންކުރެއްވި ބޭފުޅެކެވެ. ނަމަވެސް ހަމަ އެއަހަރުގެ ޖޫންމަހުގެ ތެރޭގައި އޭނާ ވަނީ މަޤާމުން ވަކިކޮށްފައެވެ.

ސަރުކާރު ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލުތައް ގެންނަމުންދާއިރު، މީގެ ކުރިން ވަނީ އެސްޓީއޯ، އައިލެންޑް އޭވިއޭޝަން ސަރވިސް، އަދި އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރުންގެ މަޤާމަށް އާ ބޭފުޅުން އައްޔަންކުރައްވާފައެވެ.

Next: ފަނޑިޔާރު އަލީ ހަމީދުގެ ހުކުމް ހައިކޯޓުން ބާތިލުކޮށްފި