ރައީސް ނަޝީދު މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަނީ

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާނެކަމުގެ އިޝާރާތެއް ކުރައްވައިފިއެވެ.

މަޖިލީސް އިންތިޚާބުގައި ވާދަކުރައްވާކަހަލަ އިޝާރާތެއް ރައީސް ނަޝީދު ކުރައްވާފައިވާފައި މިވަނީ  ކެމްޕެއިން ހަރަކާތަކަށް ސަޕޯޓަރުންނަށް ދައުވަތު ދެއްވަމުން އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.

ކުރީގެ ރައީސް އަދި ކޯލިޝަންގެ މައިޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަންގާރަ ދުވަހުގެރޭ 9:00 މައްޗަންގޯޅި ކާމިނީ މަގުގައި އޮންނަ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ހަރަކާތައް ވަޑައިގެން ދެއްވުން އެދި އެންމެ ބޭފުޅުންނަށް ދައުވަތު އަރުވާކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު އެމަނިކުފާނު މަޖިލީސްއިންތުޚާބުގައި ކުރިމަތިލައްވާނެކަމަށް ބޮޑަށް ބެލެވިފައިވަނީ މާލޭގައި  އަލަށް އުފައްދާ ދެދާއިރާގެ ތެރެއިން މައްޗަންގޯޅީ މެދު ދާއިރާއަށް ކަމަށް ވެއެވެ.

މައްޗަންގޯޅީގައި މިހާރު އޮންނަނީ މައްޗަން ގޯޅީ އުތުރު ދާއިރާއާއި މައްޗަން ގޯޅީ ދެކުނު ދާއިރާއެވެ. ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މައްޗަން ގޯޅިއަށް އިތުރު ދާއިރާއެއް އިތުރުކުރާނެކަން އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައިވާއިރު އެމްޑީޕީން ވަނީ ކުރިޔަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުރިހާދާއިރާއަކަށް ވާދަކުރަން ނިންމާފައެވެ.

Next: އަމީރު އަޙްމަދު މަގުގެ ބަންދުކޮށްފައިވާ ބައި ހުޅުވާލުމުގެ މަސައްކަތް ފަށައިފި