ޝަމްސުއްދީން ސްކޫލްގެ 36 ވަނަ ގުރުއާން މުބާރާތް: އެއްވަނަ ދަރިވަރަކަށް އާއިޝަތު އީޝާ އަސްލަމް

ޝަމްސުއްދީން ސްކޫލުން ބޭއްވި އެސްކޫލްގެ 36 ވަނަ ގުރުއާން މުބާރާތުގެ  އެއްވަނަ ދަރިވަރަކަށް އެސްކޫލްގެ ގްރޭޑް 5 ބީގެ އާއިޝަތު އީޝާ އަސްލަމް ( ސ.މީދޫ ޝޭޑީ ) ހޮވިއްޖެވެ.

މިމުބާރާތުގެ އެއްވަނަ ދަރިވަރަކަށް  އާއިޝަތު އީޝާ އަސްލަމް ހޮވުމާއި ގުޅިގެން އިނާމެއްގެ ގޮތުން އީޝާ އަސްލަމަށްވަނީ އުމްރާދަތުރެއް ލިބިފައެވެ.

މިއުމްރާދަތުރަކީ މިމުބާރާތުން އެއްވަނައަށް ހޮވޭ ދަރިވަރަކަށް ޝަމްސުއްދީން ސްކޫލްގައި ކުރީން މަސައްކަތްކުރެއްވި ހައްވާ މުހައްމަދުދީދީ މެދުވެރިވެގެން ” ނިސްމާ އަލް ހައްޖު  ވަލްއުމްރާ” ގުރޫޕުން ހޯއްދަވައި ދެއްވި އުމްރާ ދަތުރެކެވެ.

ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމަށް މިއަދު ހެނދު ޝަމްސުއްދީން ސްކޫލްގައި ބޭއްވުނު ރަސްމިއްޔާތުގައި އުމްރާދަތުގެ ލިއުން އީޝާ އަސްލަމާއި ހަވާލްކޮށްދެއްވީ ޝަމްސުއްދީން ސްކޫލްގެ ޕްރިންސިޕަލް ސުލްޠާނެވެ.

Next: ފޮޓޯއިން ޚަބަރު : ހުޅުދޫ ” ކަނބަލުންގެ ޕާކް “