ސިޔާކަޕް ފުޓްބޯޅަ މުބާރާތް- ފައިނަލަށް ޓޫބްރަދާސްއާއި ގައުމު އެފްސީ

ސިޔާ ކަޕް ފުޓްބޯޅަ މުބާރާތުގައި ކެނެރީފުން ބައިވެރިވި ސަބްއޯޝަނިކު މުބާރާތުން ވަކިވުމާއި ގުޅިގެން މިމުބާރާތުގެ ފައިނަލްމެޗްގައި ކުޅޭނެ ދެޓީމް ކަށަވަރުވެއްޖެވެ.

މީދޫފުޓްބޯޅަ ދަނޑުގައި  ބާއްވަމުން އަންނަ  މިމުބާރާތުގެ ފައިނަލަށް ހޮވިފައިވާ ދެޓީމަކީ ޓޫބްރަދާސްއާއި ގައުމުއެފްސީއެވެ.

މިދެޓީމް ފައިނަލަށް ހޮވިފައިވަނީ ޕޮއިންޓް ސިސްޓަމަށް ކުޅެނެޖެހޭމެޗްތަކުގައި މިދެޓީމް ބައްދަލުކުރާމެޗް މިއަދު ކުޅެން ހަމަޖެހިފައިވަނިކޮށެވެ.

ޓޫބްރަދާސް މިމުބާރާތުގެ ފައިނަލުން ޖާގަހޯދީ މިމަހުގެ 18 ވަނަ ދުވަހު ކްލަބް ރެޑްއެންޓްސްއާއި ބައްދަލުކޮށް އެޓީމު ކުޅުނުމެޗް 4 ލަނޑު 0 ލަނޑުން ކާމިޔާބުކޮށް އެޓީމު މިމުބާރާތުގައި ކުޅުނު 4 މެޗުން 7 ޕޮއިންޓް ހޯދައިގެންނެވެ.

ގައުމު އެފްސީ މިމުބާރާތުގެ ފައިނަލަށް ހޮވިފައިވަނީ އެޓީމު މިމުބާރާތުގައި ކުޅުނު 3 މެޗުން މޮޅުވެ 9 ޕޮއިންޓް ލިބިފައިވާތީއެވެ.

މިމުބާރާތުގައި ބައިވެރިވިޓީމުތަކުގެ ތެރެއިން ގައުމު ޖޫނިއާސްއާއި ކްލަބް ރެޑްއެންޓްސްއަށްވެސް ލިބިފައިވަނީ  4 މެޗް ކުޅެގެން 3 ޕޮއިންޓެވެ.

ގައުމު ޖޫނިއާސްއަށް 3 ޕޮއިންޓް ލިބިފައިވަނީ އެޓީމު ކުޅުނު 4 މެޗްގެ ތެރެއިން 3 މެޗުން ބަލިވެ  ސަބްއޯޝަނިކާއި އެޓީމު ބައްދަލުކުރަން ހަމަޖެހިފައިއޮތް މެޗްގެ ކުރީން ސަބްއޯޝަނިކު މުބާރާތުން ވަކިވެފައިވާތީ އެމެޗު ނުކުޅެ ގައުމު ޖޫނިއާސްއަށް 3 ޕޮއިންޓް ލިބުމުންނެވެ.

ކްލަބް ރެޑްއެންޓްސްއަށް 3 ޕޮއިންޓް ލިބިފައިވަނީ އެޓީމު މިމުބާރާތުގައި ކުޅުނު 4 މެޗްގެ ތެރެއިން 3 މެޗުން ބަލިވެ 1 މެޗުން މޮޅުވުމުންނެވެ.

ސަބްއޯޝަނިކު މިމުބާރާތުން ވަކިވިއިރު އެޓީމަށް 3 މެޗުން 4 ޕޮއިންޓް ލިބިފައިވާއިރު އެޓީމުގެ ފަހުމެޗްގައި ބައްދަލުކުރަންއޮތީ ގައުމު ޖޫނިއާސްއެވެ. .

Next: އައްޑޫއާއާއި އިންޑިއާއި ދެމެދު ވައިގެ ދަތުރުތައް ފެށުމާ ގުޅޭގޮތުން އިންޑިއާ ސަފީރާ މަޝްވަރާކޮށްފި