އައްޑޫ ސިޓީ ދާއިރާއިން ހުޅުދޫ މީދޫ ވަކިކޮށް ހުޅުދޫ މީދޫއަކީ އައްޑޫ އަތޮޅު ކަމަށް ހެދުމުން އެދެރަށަށް ފައިދާ ބޮޑު

އައްޑޫ ސިޓީ ދާއިރާއިން ހުޅުދޫ މީދޫ ވަކިކޮށް ހުޅުދޫ މީދޫއަކީ އައްޑޫ އަތޮޅު ކަމަށް ހެދުމުން ފައިދާ ބޮޑު ކަމަށް މަޝްހޫރު ގާނޫނީ ވަކީލު ހުސުނުއް ސުއޫދު ވިދާޅުވެއްޖެއެވެ.

ސުއޫދު އެފްބީ ސްޓެޓަސްގައި ވިދާޅުވީ ލާމަރުކަޒީ ގާނޫނު އިސްލާހް ކުރާއިރު އައްޑޫ ސިޓީގެ ވަކިން އޮންނަ ހުޅުދޫ-މީދޫ އައްޑޫސިޓީއިން ވަކިކޮށް އެދެރަށުގައި އަތޮޅު ކައުންސިލް ގާއިމްކުރުމަކީ އެންމެ ފައިދާހުރި ގޮތް ކަމަށެވެ.

“އޭރުން އަތޮޅުގެ އާމަދަނީއިން ދައުލަތަށް ލިބޭ އެއްޗެއްގެ 35 އިންސައްތަ އަތޮޅު ކައުންސިލަށް ލިބިފަ، މި ދެ ރަށް ބާކީ ނުވާނެ. ނޫންނަމަ ސިޓި ކައުންސިލަށް ލިބޭ 35 އިންސައްތަ ހަމަހަމަކޮށް އޭގެ ފައިދާ މި ދެ ރަށަކަށް ނުލިބޭނެ” ސުއޫދު ވިދާޅުވިއެވެ.

އޮންލައިން ނޫސް ސީއެންއެމަށް މައުލޫމާތު ދެއްވަމުން ސުއޫދު ވިދާޅުވީ ހދ.ކުޅުދުއްފުށީގައި ވަރަށް އަވަހަށް ސިޓީއެއް ގާއިމް ވެގެންދާނެ ކަމަށާއި، އެހެން ނަމަވެސް އެ ސިޓީ ގާއިމް ވެގެންދާނީ ހދ.އަތޮޅާއި ވަކިން ކަމަށް ވުމުން އޭގެ ފައިދާ އެ އަތޮޅު އެހެން ރަށްތަކަށް ކުރާނެ ކަމަށެވެ.

“އަޅުގަނޑު މި ފްލޯޓް ކުރާ އައިޑިއާއަކީ ކުޅުދުއްފުށީގައި ގާއިމްކުރާ ކަހަލަ މޮޑެލް އަކަށް އައްޑޫގެ މޮޑެލް ހެދުން” ސުއޫދު ވިދާޅުވިއެވެ.

މީދޫއަށް އުފަން ސުއޫދު ފޭސްބުކުގައި ވިދާޅުވީ ހުޅުދޫ-މީދޫގެ އާބާދީގައި 10 ހާސް މީހުން ހަމަނުވާތީ ކޮންމެ މީހަކު ބުނި ނަމަވެސް ވަކި ސިޓީއެއް ގާއިމް ނުކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް ކައުންސިލްތަކަށް އާމްދަނީގެ 35 އިންސައްތަ ދިނުމަށް ސަރުކާރުން ވިސްނަމުންދާއިރު އެދެ ރަށުގެ ރައްޔިތުންނަށް އެންމެ ފައިދާ ބޮޑުވާނީ ކުޅުދުއްފުށީ މޮޑެލްއަށް ދިއުން ކަމަށް ސުއޫދު ވިދާޅުވިއެވެ

މަސްދަރު: ސީއެންއެމް

 

Next: ސިޔާކަޕް ފުޓްބޯޅަ މުބާރާތް- ފައިނަލަށް ޓޫބްރަދާސްއާއި ގައުމު އެފްސީ