ހުޅުމީދޫ ގެއަކުން ވައްކަންކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ސ. ހުޅުމީދޫ ގެއަކުން ވައްކަންކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ކަރަންޓް ވައިރުކުރުމަށް ބޭނުންކުރާ ގިނައަދަދެއްގެ ސާމާނާއި އަދި  ދަގަނޑު ހޮޅިތަކެއް ހުޅުމީދޫ ގެއަކުން ވަގަށްނަގާފައިވާ ކަމަށްބުނެ، އޮކްޓޯބަރ 2ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ސ.ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ މީހެކެވެ.

ކޯޓު އަމުރެއްގެ ދަށުން މިމީހާ ހައްޔަރުކޮށް، މިމީހާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ކަރަންޓް ވައިރުކުރާ ބައެއް ސާމާނާއި އަދި ދަގަނޑު ހޮޅިތަކެއް ފުލުހުންވަނީ ހޯދާފައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ސ.މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 03 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މިމައްސަލަ ސ. ހުޅުމީދޫ ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤު ކުރަމުންނެވެ.

Next: ޑޮކްޓަރ ޖަމީލުވެސް މާދަމާ ރާއްޖެވަޑައިގަންނަވަނީ