ޑޮކްޓަރ ޖަމީލުވެސް މާދަމާ ރާއްޖެވަޑައިގަންނަވަނީ

ކުރީގެ ނާއިބުރައީސް ޑރ. މުހައްމަދު ޖަމީލު މާދަމާ ރާއްޖެ ވަޑައިގަތްނަވާނެކަން ހާމަކުރައްވައިފިއެވެ.

ޑރ.ޖަމީލު މިކަން ހާމަކުރައްވާފައިވަނީ އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ކީރިތި ޤުރުއާނުގެ އާޔަތަކާއި އޭގެ މާނައާއި އެކު ޑރ. ޖަމީލު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ މާދަމާ 6 އޮކްޓޯބަރުވާ ހޮނިހިރު ދުވަހު މެންދުރު 2:30 ގައި ލޮބުވެތި ވަތަނަށް އެނބުރި ވަޑައިގަންނަވާނެ ކަމަށެވެ.

ިނަ ދުވަސްތަކަކަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ނިންމަވައި ޑރ.ޖަމީލް އެކަން ހާމަކުރައްވާފައިރު، ރާއްޖޭގެ ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ގައުމުން ބޭރުގައި ތިއްބެވި ގިނަ ސިޔާސީ ބޭފުޅުން ގެންދަވަނީ އެނބުރި ގައުމަށް ވަޑައިގަންނަވަމުންނެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހީމާއި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދުވެސް އިއްޔެ ވަނީ ރާއްޖެ ވަޑައިގެންފައެވެ.

Next: ހުޅުދޫ ސްކޫލްގެ 3 މުވައްޒަފަކަށް އުމްރާ ދަތުރު ލިބިއްޖެ