އައްޑޫ ސިޓީ ލިންކް ރޯޑުގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއް ގައުކެޑި ސަރަހައްދުން ފުރޮޅާލައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ރޭ ދަންވަރު ހިނގި މިއެކްސިޑެންޓު ހިނގާފައިވަނީ ގުޅިފައިވާ ފަޅުރަށްތަކުގެ ތެރެއިން ލިންކުރޯޑުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ފުރޮޅާލައިގެން ކަމަށެވެ.
މި އެކްސިޑެންޓު ހިނގިއިރު އެކާރުގައި ދެމީހަކު ތިއްބިއެވެ. ނަމަވެސް އެއްވެސް މީހަކަށް މާބޮޑު ހާނީއްކައެއްވެފައި ނުވިޔަސް ކާރަށް ބޮޑެތި ގެއްލުންތަކެއް ވަނީވެފައެވެ.
އައްޑޫސިޓީ ލިންކް ރޯޑުގެ ގުޅިފައިވާ ފަޅުރަށްތަށް ހިމެނޭ ސަރަހައްދާއި ކުނިކޮށި ހިމެނޭ ސަރަހައްދަކީ ނުރައްކާތެރި ގިނަ އެކްސިޑެންޓުތައް ހިނގާފައިވާ ދެ ސަރަހައްދެވެ.