ލިވަޕޫލްއާއި ކުޅެން ޖެހިލުމެއް ނުވޭ – ގާޑިއޯލާ

ލިވަޕޫލްއާއި ކުޅެން އެއްވެސް ވަރަކަށް ޖެހިލުން ނުވާކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފިއެވެ. ސިޓީގެ ކޯޗް ގާޑިއޯލާ މިހެން ބުނީ އިގިރޭސި ޕްރިމިއާލީގުގެ އެންމެ ކުރީގައިވާ ލިވަޕޫލްއާއި މެންޗެސްޓަރ ސިޓީ މިމަހުގެ 7 ވަނަ ދުވަހު  ކުޅެން ހަމަޖެހިފައިވަނިކޮށެވެ.

މިދެޓީމް ލިވަޕޫލްގެ ދަނޑުގައިކުޅޭ މެޗާއިބެހޭގޮތުން ގާޑިއޯލާބުނީ މިފަހަރު ލިވަޕޫލް ވަރަށް ވަރުގަދަކަމަށާ އަމިއްލަ ދަނޑުގައި ލިވަޕޫލް ވަރަށް މޮޅަށް ކުޅޭކަމަށެވެ. އަދި މިފަހަރު ލިވަޕޫލްއަތުން ސިޓީ ބަލިވެއްޖެނަމަ އެމީހުން މޮޅުކަމަށް ގަބޫލް ކުރާނެކަމަށްވެސް ގާޑިއޯލާ ބުންޏެވެ.  އަދި މީގެ އިތުރަށް ގާޑިއޯލާބުނީ ސިޓީ ލިވަޕޫލްގެ ދަނޑުގައި މޮޅުނުވާތާ ވަރަށްގިނަ ދުވަސް ވެއްޖެކަމަށެވެ.

އޭނާބުނީ އެންމެ ފަހުގެ އިގިރޭސި ލީގުގެ ޗެމްޕިއަންކަންހޯދި އޭނާގެ ޓީމާމެދު ވަރަށްބޮޑު އިތުބާރެއް އެބައޮތްކަމަށާ ކުޅުންތެރީންގެ ފަރާތުން އޭނާ އުއްމީދުކުރާ ކަންކަން ގިނަމަށެވެ.

ލީގު ޓޭބަލްގައި މިދެޓީމަށްވެސް ލިބިފައިވަނީ 19 ޕޮއިންޓެވެ. ނަމަވެސް ގޯލްގެ ތަފާތުން އެއްވަނަލިބެނީ ސިޓީއަށެވެ.

Next: ސާޖިއޯއަގުއެރޯއަށް ޝިއަރާގެ ރެކޯޑް ފަހަނަޅާ ދެވިދާނެ- ބެނާޑޯ ސިލްވަރ