ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް ރޭ ރަށުން ބޭރުގައި ވެލެންސިއާ އާއި ބައްދަލުކޮށް 2-0 އިން މޮޅުވެއްޖެ އެވެ.
ރޭ ކުޅެވުނު މިމެޗްގެ މެޗުގެ 29 ވަނަ މިނިޓްގައި ޔުއެންޓަސްގެ ރޮނާލްޑޯ އަށް ސީދާ ރަތް ކާޑެއް ދައްކާވަނީ ދަނޑުން ފޮނުވާލާފައެވެ. ރޮނާލްޑޯއަށް ރަތްކާޑު ދެއްކީ ބޯޅަ ނެތިސް ވެލެންސިއާގެ ޑިފެންޑަރު ޖެއިސަން މުރީއޯއާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ތެރެއިންނެވެ.
ރޮނާލްޑޯ އަށް ރަތް ކާޑު ދައްކަން މެޗުގެ ރެފްރީ ނިންމީ ގޯލުގެ ރޮނގު ކައިރީގައި ހުންނަ އޮފިޝަލުގެ ލަފާ ހޯދުމަށް ފަހު އެވެ. ރަތް ކާޑު ދެއްކުމުން ރޮނާލްޑޯ ދަނޑުން ފައިބައިގެން ދިޔައީ ރޮމުންނެވެ.
މި ރަތް ކާޑާ އެކު ރޮނާލްޑޯ އަށް ތިން މެޗުގެ ސަސްޕެންޝަނެއް އައުމުގެ ފުރުސަތު ބޮޑެވެ. އޭގެ ތެރޭގައި ރޮނާލްޑޯގެ ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ ދެ މެޗު ހިމެނެ އެވެ.
ންތެރިންނާ އެކު ކުޅެމުންދިޔަ ޔުވެންޓަސް އަށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑުނަގައިދިނީ ލިބުނު ޕެނަލްޓީ އަކުން ބޮސްނިއާގެ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗެވެ. އަދި ދެ ވަނަ ހާފު ފަށައިގެން ލިބުނު ދެ ވަނަ ޕެނަލްޓީ ވެސް ކާމިޔާބުކޮށް ޕިޔަނިޗް ވަނީ ޔުވެންޓަސްގެ ލީޑުފުޅާކޮށްދީފަ އެވެ.
މެޗުގެ ފަހު ވަގުތު ވެލެންސިއާ އަށް ވެސް ޕެނަލްޓީ އެއް ލިބުނެވެ. އެކަމަކު އެ ޓީމުގެ ކެޕްޓަން ޑެނީ ޕަރޭހޯ ފޮނުވާލި ބޯޅަ ޔުވެންޓަސް ގޯލުގައިހުރި ޕޮލެންޑުގެ ގޯލްކީޕަރު ވޮޝިއެޒް ޝެޒްނީ ވަނީ މަތަކޮށްފަ އެވެ.
ޗެމްޕިއންސް ލީގުގައި ރޭ ކުޅެވުނު އެހެން މެޗްތަކަށް ބަލާއިރު 31 އަހަރަށް ފަހު ޗެމްޕިއަންސް ލީގުގައި ސްވިޒަލެންޑުގެ ޔަންގް ބޯއީސް ކުޅުނު ފުރަތަމަމެޗުން މެންޗެސްޓަރ ޔުނައިޓެޑާ ވާދަކޮށް 3 ލަނޑު 0 ލަނޑުންވަނީ ބަލިވެފައެވެ.
މި މެޗުގައި ޔުނައިޓެޑުގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އަދި ޔުނައިޓެޑްގެ ފަހު ލަނޑު ޖަހަން މާޝިއަލް އަށް ފުރުސަތު ތަނަވަސްކޮށްދިނީ ވެސް ޕޮގްބާ އެވެ.
މީގެ އިތުރަށް ބަޔާންމިއުނިކް ވަނީ ބެންފީކާއާއި ބައްދަލުކޮށް 2 ލަނޑު 0 ލަނޑުން މޮޅުވެފައެވެ.
އިގިރޭސި ޗެމްޕިއަން މެންޗެސްޓަރ ސިޓީ ލިއޯންއާއި ބައްދަލުކޮށް 2 ލަނޑު 1 ލަނޑުން ބަލިވެފައިވާއިރު ރެއާލްމެޑްރިޑްވަނީ ރޯމާއާއި ބައްދަލުކޮށް 3 ލަނޑު 0 ލަނޑުން މޮޅުވެފައެވެ.