ހިޔާ މަޝްރޫޢަށް ފޯމު ހުށަހަޅާ ހުރިހާ ފަރާތްތަކަށް ފްލެޓު ދޭން ސަރުކާރުން ނިންމައިފި

2 ވަނަ ފިޔަވަހީގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ތަރައްޤީކުރަން ފަށާފައިވާ “ހިޔާ” މަޝްރޫޢަށް ފޯމު ހުށަހަޅާ ހުރިހާ ފަރާތްތަކަށް ފްލެޓު ދޭން ސަރުކާރުން ނިންމައިފިއެވެ.

“ހިޔާ އެކޮމްޕްލިޝް” މަޝްރޫޢުގެ މާސްޓާ ޕްލޭން އިއުލާން ކުރުމަށް މިހާރު ބާއްވަމުންދާ ޖަލްސާގައި ހައުސިންގް މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިހާރު ހުޅުމާލޭގެ ފޭސް2ގައި އަޅާ ޓަވަރުތަކުގެ އިތުރުން، އިތުރު ޓަވަރުތަކެއް އެޅުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިމަހުގެ 30 އާއި ހަމައަށް ހިޔާ މަޝްރޫޢު އަށް ފޯމް ހުށަހަޅާ ހުރިހާ ފަރާތްތަކަށް ފްލެޓް ދޭން ރައީސް ޔާމީން ނިންމަވާފައިވާ ކަމަށެވެ.

Next: ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކޮށްފި