ވެލާނާ އެއާޕޯޓުގެ ވޯޓާ ފްރަންޓް ރެސްޓޯރަންޓްތައް ހުޅުވައިފި

ރާއްޖޭގެ މައި ދޮރާށިކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ތަރައްގީކޮށްފައިވާ ވޯޓާ ފްރަންޓް ރެސްޓޯރަންޓްގައި ހަދާފައިވާ ފްރެންޗައިސް ރެސްޓޯރަންޓްތައް އާންމުންނަށް ހުޅުވައިލައިފިއެވެ.

ވެލާނާ އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ރެސްޓޯރެންޓްތައް ހުޅުވައިދެއްވާފައިވަނީ، އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އަދި މޯލްޑިވްސް އެއާޕޯޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާއެވެ.

ވޯޓަރ ފްރަންޓް ރެސްޓޯރެންޓު އާއްމުންނަށް ވަދެވޭ ގޮތަށް ހުޅުވާލާފައިވާއިރު، އެއަރޕޯޓުން މާލެއަށް ދަތުރުކުރާ އެކްސްޕްރެސް ފެރީއާއި، އާއްމު ފެރީތައްވެސް މިއަދުން ފެށިގެން ފުރުމަށް ހަމަޖެހިފައިވަނީ ވޯޓަރ ފްރަންޓް ރެސްޓޯރެންޓާއި އިންވެގެން ހަދާފައިވާ ޖެޓީތަކުންކަމަށް އެމްއޭސީއެލުން ހާމަކުރެއެވެ.

އަދި މާލެއިން އެއަރޕޯޓަށް އަންނަ އެކްސްޕްރެސް ފެރީއާއި، އާއްމު ފެރީތައް ކައިރި ކުރާނީ މިހާރުވެސް ކައިރިކުރާ ސަރަޙައްދުކަމަށްވާ އިންޓަރނޭޝަނަލް ޓަރމިނަލް ކައިރިއަށް ކަމަށެވެ.

އެއާޕޯޓުގެ މަލަމަތި ބަދަލުކޮށްލި މި ރެސްޓޯރަންޓަކީ، ދުނިޔޭގެ ނަން މަޝްހޫރު ފާސްޓް-ފުޑް ޗެއިންތަކުގެ އައުޓްލެޓްތަކާއެކު އެއަރޕޯޓުގައި ތަރައްޤީކޮށްފައިވާ ތަނެކެވެ.

އެގޮތުން މި ފުޑް ޗެއިންތައް ހިންގުމަށް ހަވާލުކޮށްފައިވަނީ އިޓަލީވިލާތުގެ ކުންފުންޏެއްކަމަށްވާ އެޗް.އެމް.އެސް ހޯސްޓް އިންޓަރނޭޝަނަލް އާއެވެ.

Next: ރޮނާލްޑޯއަށް ރަތްކާޑު ދެއްކިމެޗުން ޔުވެންޓަސް މޮޅުވެއްޖެ