ރިޔާސީ އިންތިޚާބަށް ނިކުތްއިރު މި ޤައުމުގައި ޒުވާނުން ތިބިކަން ޤަބޫލުކުރި ހަމައެކަނި ރައީސަކީ ރައީސް ޔާމީން- މެންބަރ ރިފާއު

ރައީސް ޔާމީނަށް ވޯޓްދޭންޖެހޭ ސަބަބުތައް ކިޔަން ފަށައިފިއްޔާ އިރު އަރަންދެންވެސް ކިއިދާނެ ކަމަށާއި، 2013 ގެ ރިޔާސީ އިންތިޚާބަށް ނިކުތްއިރު މި ޤައުމުގައި ޒުވާނުން ތިބިކަން ޤަބޫލުކުރި ހަމައެކަނި ރައީސަކީ ރައީސް ޔާމީން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވެއްޖެއެވެ.

ރިފާއު މިހެން ވިދާޅުވީ “އެންމެން އެކަކަށް” ގެ ނަމުގައި ޕީޕީއެމް އިން ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ރިފާއު އިތުރަށް ވިދާޅުވީ، ޒުވާނުން އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކައި ޒުވާނުންނަށް ވިޔަފާރި ކުރެވޭނެ އިންތިޒާމްތަކެއް ހަމަޖައްސައިދުނުމަށްޓަކައި ރައީސް ޔާމީން މިއަދާ ހަމައަށް 70 އެތައް ޒުވާން ވިޔަފާރިވެރިންނަށް ލޯނު ހަމަޖައްސައި ދެއްވާފައިވާކަމަށެވެ.

” ރައީސް ޔާމީން ޒުވާނުންނަށްޓަކައި ޚާއްޞަ މެނިފެސްޓޯއެއް ނުރެއްވައި އެ ޒުވާނުންނަށް ވައުދުވީ އެންމެ މުހިންމު އެއްކަމަކީ “ޒުވާނުންނަށް މުހިންމު ކަންތައްތަކެއް ކޮށްދެއްވުން” ރިފާއު ވިދާޅުވިއެވެ.

އަދި ދިވެހި ޒުވާނުންނަށް ޚިދުމަތް ކޮށްދެއްވުމުގެ މަޤްޞަދުގައި އިންވެސްޓް ކޮށްދެއްވި ރައީސަކީ ހަމައެކަނި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަމަށްވެސް ރިފާއު ވިދާޅުވިއެވެ.

މަސްދަރު:ޚަބަރު

Next: މި އަހަރު ރާއްޖެ ޒިޔާރަތްކުރި އެއް މިލިއަން ވަނަ ޓޫރިސްޓަކަށް ތުރުކީ ވިލާތުގެ ފިރިހެނަކު ހޮވިއްޖެ