މި އަހަރު ރާއްޖެ ޒިޔާރަތްކުރި އެއް މިލިއަން ވަނަ ޓޫރިސްޓަކަށް ތުރުކީ ވިލާތުގެ ފިރިހެނަކު ހޮވިއްޖެ

މި އަހަރު ރާއްޖެ ޒިޔާރަތްކުރި އެއް މިލިއަން ވަނަ ޓޫރިސްޓު މިއަދު ރާއްޖެ އަތުވެއްޖެވެ.

މި އަހަރު ރާއްޖެ ޒިޔާރަތްކުރި އެއް މިލިއަން ވަނަ ޓޫރިސްޓަށް ވެފައިވަނީ ތުރުކީ ވިލާތުގެ ފިރިހެނަކެވެ.

މި އަހަރު ރާއްޖެ ޒިޔާރަތްކުރި އެއް މިލިއަން ވަނަ ޓޫރިސްޓަށް މަރުހަބާ ދެންނެވުމަށް މިއަދު ހާއްސަ ހަފުލާއެއް އެއާޕޯޓްގައި ބޭއްވުނެވެ.  އެ މީހާއަށް، އެމްއެމްޕީއާރުސީންވަނީ ހާއްސަ މަރުހަބާއެއް ކިޔާފަ އެވެ.

ތުރުކީގެ މި މީހާ ރާއްޖެ އައީ އޭނާގެ އެމެރިކާގެ ލޯބިވެރިޔާއާ އެކު މީރު އައިލެންޑް ރިސޯޓްގައި ޗުއްޓީ ހޭދަކުރާށެވެ.

ދެމަފިރިންނަށް ލިބުނު ހާއްސަ ހަދިޔާތަކުގެ ތެރޭގައި މޫވެންޕިކުން ދިން ޗުއްޓީ ޕެކޭޖަކާއި ޓީއެމްއޭ އިން ދިން ދަތުރެއްގެ އިތުރުން ދިރާގުގެ 100 ޖީބީގެ ޑޭޓާ ޕެކޭޖެއް ވެސް ހިމެނެ އެވެ.

އެއް މިލިއަން ވަނަ ޓޫރިސްޓަށް މަރުހަބާ ކިޔަން ވެލާނަ އިންޓަނޭޝަނަލް އެއާޕޯޓްގައި ސަގާފީ ކުޅިވަރު އޮތެވެ.

Next: ވެމްބްލީގައި ސްޕެއިންއަތުން އިންގްލެންޑް ބަލިވެއްޖެ