ކެނޑިޑޭޓް ނަންބަރު 1 ރައީސް ޔާމީނަށް، 2 އިބްރާހީމް މުޙައްމަދު ޞާލިހަށް

ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަން ތަރުތީބުކޮށްފިއެވެ.

ކެނޑިޑޭޓް ނަމްބަރު 1 އަކީ ޕީޕީއެމްގެ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. އަދި އެމް.ޑީ.ޕީގެ ކެނޑިޑޭޓަށް ލިބިފައިވަނީ ކެނޑިޑޭޓް ނަމްބަރު 2 އެވެ.

ރިޔާސީ ކެނޑިޑޭޓުންގެ ނަން ތަރުތީބުކޮށްފައިވަނީ މިއަދު އިންތިޚާބީ މަރުކަޒުގައި ބޭއްވި ގުރުއަތުލުމުގެ ރަސްމިއްޔާތުގައެވެ. ކެނޑިޑޭޓުންގެ ފަރާތުން ގުރުއަތު ނަގާފައިވަނީ ކެނޑިޑޭޓުންގެ ރަސްމީ އިންތިޚާބީ އޭޖެންޓުންނެވެ.

ރައީސް ޔާމީންގެ ފަރާތުން ގުރުއަތު ނަގާފައިވަނީ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރެވެ. އަދި އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފަރާތުން ގުރުއަތު ނަގާފައިވަނީ އަލްއުސްތާޛާ ހިސާން ޙުސެއިނެވެ.

Next: “ޕީޕީއެމަކީ ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ވަޠަނީ ފައުޖު”