ގާ އަޅާ މެޝިނެއްގެ ތެރެއަށް ވެއްޓި ބިދޭސީއަކު މަރުވެއްޖެ

ލ.އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި މަސައްކަތް ކުރަމުންދިޔަ މީހަކު  ގާއަޅާ މެޝިނެއްގެ ތެރެއަށް ވެއްޓި ނިޔާވެއްޖެއެވެ

ގާއަޅާ މެޝިނެއްގެ ތެރެއަށް ވެއްޓި ނިޔާވީ  އުމުރުން 37 އަހަރުގެ ބަންގްލަދޭޝް ރައްޔިތެކެވެ.

ފުލުހުން ހާމަކޮށްފައިވާގޮތުގައި ގާ އަޅާ މެޝިންގެ ތެރެއަށް ވެއްޓި މިހަކު ނިޔާވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވައިވަނީ މިއަދު ހެނދުނު 08:30 ހާއިރު ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މެޝިންގެ ތެރެއަށް ވެއްޓުމާއި އެކު އޭނާ ވަނީ ނިޔާވެފައެވެ.

Next: އިންތިހާބުގައި ވާދަނުކުރަން އުމަރު ނިންމަވައިފި