އިންތިހާބުގައި ވާދަނުކުރަން އުމަރު ނިންމަވައިފި

އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބު ގައި ވާދަނުކުރައްވަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ނިންމަވައިފި އެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާ ދެ ގަޑިއިރަށް ވެފައި ވަނިކޮށް، އުމަރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިއަދުގެ ސިޔާސީ ހާލަތު އޮތް ގޮތުން، ހަރުދަނާ ސިޔާސަތުތަކާއި ގައުމު އަމާން މިސްރާބަކަށް ގެންގޮސްދޭނެ ލީޑަރުން އިންތިޚާބު ކުރުމަށް ވުރެ ބޮޑަށް، މި ފަހަރު ބަދަލުވެފައި ވަނީ ފެންނަ ނުފެންނަ ވޯޓަކަށް ކަމަށެވެ. އެހެންވެ، އެ އިންތިޚާބު ގައި ވާދަނުކުރައްވަން ނިންމެވީ ކަމަށް އޭނާ ވިދާޅުވި އެވެ.

Next: ނަސީރުގެ ކެނޑިޑެސީ ފޯމު ބާތިލުކޮށްފި