އައްޑުއަތޮޅު ހުޅުދޫއާއި މީދޫގައި ދުއްވާ އެއްޗެހި ގިނަވެ މަގުތައް އަޑިގުޑަންވެފައިވާތީ އެމައްސަލައަށް ޙައްލެއް ގެންނެވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން މިހާރުވަނީ މިދެ ރަށުގެ ބަހާއުއްދީން މަގު ރަނގަޅު ފެންވަރަކަށް ތާރު އަޅައިގެން ހެދުމުގެ މަސައްކަތްފަށާފައެވެ.
މިގޮތުން ހުޅުދޫއާއި މީދޫގެ ބަހާއުއްދީން މަގުގައި ތާރުއެޅުމަށްޓަކައި ތާރު އެޅުމުގެ ކުރީން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާއިރު މިހާރު ކުރެވެމުންދަނީ ވަޅުލާން ޖެހޭ ހޮޅިތައް ވަޅުލުމާއި ކާނު ހަދައި، ޕޭމަންޓް ވަކިކޮށް ޖަހަންޖެހޭ ގާޖެހުމުގެ މަސައްކަތެވެ.
މިމަސައްކަތް ހުޅުދޫ ބަހާއުއްދީން މަގުގެ ދެކުނުކޮޅުން ފަށައިގެން އައިސް މިހާރު
ހުޅުދޫ އައްސޭރިވިލާއާއި ހަމައަށް ނިމިފައެވެ.
މިމަސައްކަތް ކުރަމުންދަނީ ހުޅުމީދޫ ޕަބްލިކް ވަރކްސް ސާރވިސަސް ޑިޕާޓްމެންޓުންނެވެ.