މިސަރުކާރުން ތަރައްޤީކުރި 50 ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވައިފި

ރާއްޖޭގެ އެކި ރަށްރަށުގައި ސަރުކާރުން ތަރައްގީކޮށްފައިވާ 50 ފުޓްސަލް ދަނޑު ރައީސް އަބްދުﷲ ޔާމީން މިރޭ ހުޅުއްވާ ދެއްވައިފިއެވެ.

މިއީ މިހާތަނަށް ތަރައްގީކޮށްގައިވާ 86 ފުޓްސަލް ދަނޑުގެ ތެރޭގައި ހިމެނޭ 50 ދަނޑުކަމަށް ސަރުކާރުން ބުނެއެވެ.

50 ފުޓްސަލް ދަނޑު ހުޅުވާފައިވަނީ މިރޭ މިކަމަށްޓަކައި ދަރުބާރުގޭގައި  ބޭއްވުނު ރަސްމިއްޔާތެއްގައި  ރައީސް އަބްދުﷲ ޔާމީނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސްޕޯޓްސް އެރީނާގެ މަޝްރޫއުގެ ތެރެއިން މިހާތަނަށް 434 މިލިއަން ރުފިޔާ ހަރަދު ކުރެވިފައިވާ ކަމުގައެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި 86 ފުޓްސަލް ދަނޑާއި 49 ފުޓްބޯޅަ ދަނަޑާއި 93 ބަށި ކޯޓާއި 44 ނެޓްބޯޅަ ކޯޓާއި 11 ބާސްކެޓް ކޯޓާއި 83 ވޮލީ ކޯޓް ވަނީ ތަރައްގީ ކޮށްފައިވާކަމަށެވެ.

Next: އޮގަސްޓް 19 ވަނަ ދުވަސް ސަރުކާރު ބަންދުކުރަން ނިންމަވައިފި