އޮގަސްޓް 19 ވަނަ ދުވަސް ސަރުކާރު ބަންދުކުރަން ނިންމަވައިފި

ކަލަންޑަރުގައި ވާ ގޮތަށް، މި އަހަރުގެ ހައްޖު މަހުގެ ފުރަތަމަ ދުވަހަކީ މި މަހު 12 ވަނަ ދުވަހަށް ވެއްޖެ ނަމަ، މިމަހުގެ 19 ވަނަ ދުވަސް ވެސް ބަންދުކޮށް، އީދު ޗުއްޓީ ދިގުކުރަން ރައީސް އަބްދުﷲ ޔާމީން ނިންމަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ  މިގޮތައް ހަމަޖެއްސެވީ މެދުކެނޑުމެއްނެތި މުވައްޒަފުންނަށް އަޟްހާ އީދުގެ ބަންދު ދުވަސްތައް ލިބޭނެގޮތައް ހަމަޖެއްސުމަށްޓަކައެވެ.

މި މަހުގެ 17 ވަނަ ދުވަހަކީ ހުކުރު ދުވަހަށް ވެފައި  ރައީސްގެ މިނިންމެވުމާއެކު، އީދު ޗުއްޓީގެ ގޮތުގައި މިހާރު ނުވަ ދުވަސް ލިބޭނެ އެވެ. މިގޮތައް ހަމަޖެއްސުމުން އީދު ބަންދަށްފަހު ސަރުކާރު  ހުޅުވޭނީ މި މަހުގެ 26 ވަނަ ދުވަހު އެވެ

Next: ޓްރަކެއް ހަންކެނޑެ ބްރިޖްގެ ފެންސްގައި ޖެހި ފެންސަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ