މީޑިއާނެޓުން ޑްރީމްވަރކްސް އެޗްޑީ ޗެނަލް ތައާރަފްކޮށްފި

ކުޑަކުދިންނަށް ޚާއްސަ ޑްރީމްވަރކްސް އެޗްޑީ ޗެނަލް، މީޑިއާނެޓުން ތައާރަފްކޮށްފިއެވެ.

ޑްރީމްވަރކްސް ޗެނަލް މީޑިއާނެޓްގެ ޗެނަލް ލިސްޓަށް އިތުރުކުރީ މީޑިއާނެޓްގެ ސޭލްސް ސެންޓަރުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައެވެ.

މިކަމާ ގުޅޭގޮތުން މީޑިއާނެޓުން ބުނީ، ޑްރީމްވަރކްސްގެ ކާޓޫނުތަކަކީ ކުޑަކުދިންގެ އިތުރުން އާންމުންގެ މެދުގައި ވެސް ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ކާޓޫނުތަކެއް ކަމަށެވެ.

ޑްރީމްވަރކްސް އެޗްޑީ ޗެނަލް މީޑިއާނެޓް ޕްލެޓްފޯމްގެ ޗެނަލް ނަންބަރު 838 އިން ލިބޭއިރު، އެ ޗެނަލް މީޑިއާނެޓްގެ ފެމިލީ ޕެކޭޖަށް ވެސް އިތުރުކޮށްފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

އަދި މި ޗެނަލް އިތުރު ކުރުމުން ފެމިލީ ޕެކޭޖަށް އިތުރު ފުރިހަމަ ކަމެއް ލިބި، އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމަށް މީޑިއާނެޓުން ލަފާކުރެއެވެ.

މީޑިއާނެޓަށް ޑްރީމްވަރކްސްގެ އެޗްޑީ ޗެނަލް އިތުރުކޮށްފައިވާއިރު، ޑްރީމްވަރކްސްއަކީ ދިވެހިންގެ އިތުރުން ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ ކާޓޫނުތައް އުފައްދާފައިވާ ކުންފުންޏެކެވެ. މިގޮތުން ފާހަގަކޮށްލެވޭ ބައެއް ކާޓޫންތަކުގެ ތެރޭގައި މަޑަގަސްކާ، ކުންގް ފޫ ޕެންޑާ، ޝްރެކް އަދި ހައު ޓު ޓްރެއިން ޔޯ ޑްރެގަން ހިމެނެއެވެ.

Next: މިސަރުކާރުން ތަރައްޤީކުރި 50 ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވައިފި