ހުވަދު އަތޮޅާއި އައްޑުއާއި ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފި

ހުވަދު އަތޮޅާއި އައްޑުއާއި ދެމެދުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 09:50 ގައި އެވެ.

މިއެ އެލާޓްގައި ބުނެފައިވާގޮތުން  މިއަދު ހެނދުނު 10:15 އާއި މެންދުރު ފަހު 3:00 އާއި ދެމެދުގެ ވަގުތުތަކުގައި ހުވަދު އަތޮޅާއި އައްޑުއާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ވަރަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.

އަދި ހަމަ މި ވަގުތުތަކުގައި މި ސަރަހައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމުގައިވެސް މެޓް އޮފީހުން ނެރެފައިވާ ޔެލޯ އެލާޓްގައި ހާމަކޮށްފައިވެއެވެ.

Next: ރިސޯޓުތަކަށް ބަނގުރަލާ އޫރުމަސް އުފުލާ އުޅަނދުތަކުގައި ޓްރެކިންގް ޑިވައިސް ހަރުކުރަނީ