ގައުމުން ވަރުގަދަ ތައްލިހި މޮޅުވިޔަނުދީ ހިފަހައްޓައިފި

ހުޅުމީދޫގައި ބޭއްވޭ އެންމެ އަގުބޮޑު މުބާރާތްކަމަށްވާ މިނިވަންކަޕް ފުޓްސަލް މުބާރާތުގައި އިއްޔެ  ހަވީރު ކުޅުނު މެޗުން ގައުމުން ވަރުގަދަ ތައްލިހި އެފްސީ މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ.

އިއްޔެ ހަވީރު ހުޅުދޫ ފުޓްސަލް ދަނޑުގައި ގައުމާއި ތައްލިހި ބައްދަލްކުރި މެޗުވެގެން ގޮސްފައިވަނީ ފޯރިގަދަ ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މެޗެއްގެ ގޮތުގައެވެ.

މިދިޔައަހަރު މިމުބާރާތުގެ ޗެމްޕިއަކަންކަން ހޯދި ޓީމުގައި ހިމެނުނު ގިނަ ކުޅުންތެރީން ހިމެނޭ ތައްލިހި ޓީމާ ބައްދަލުކޮށް އިއްޔެގެ މެޗުގެ ފުރަތަމަ ހާފު ގައުމުން 3 ގޯލްޖަހާ ތައްލިހި ޓީމް ހާސްކަމުގެ ތެރެއަށް ވައްޓާލިއިރު ތައްލިހިންވެސްވަނީ ފުރަތަމަ ހާފް ނިމުމުމުގެ ކުރީން ލަނޑެއްޖަހާ މެޗްގެ ނަތީޖާ 3-1 ބަދަލުކޮށްފައެވެ.

އެހެންނަމަވެސް ދެވަނަ ހާފުގެ ކުޅުން ފަށައިގެން ތައްލިހިންވަނީ  ވަނީ އިތުރު 3 ގޯލް ކާމިޔާބުކޮށް މެޗްގެ ނަތީޖާ  4-3 އަށް ބަދަލުކޮށް މެޗްގެ ލީޑު ހޯދާފައެވެ.

ބޯކޮށް ވެހެމުންދިޔަ ވާރޭގައި މިމެޗްގެ ދެވަނަ ހާފްގެ ކުޅުން ކުރިއަށްގޮސް މެޗް ނިމެން ދެތިން މިނިޓަށް ވެފައިވަނިކޮށް  ގައުމުގެ އުއްމީދީ ފޯވާރޑު ސަބާހުވަނީ އެޓީމުގެ 4 ވަނަ ގޯލްކާމިޔާބުކޮށް މެޗްގެ ނަތީޖާ 4-4 ބަދަލުކޮށްދީފައެވެ.

މިމެޗްގެގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ތައްލިހިޓީމްގެ އަލީ ޝިފާއުއެވެ. މޮޅު ކުޅުން ތެރިއަކަށް ހޮވުނު އަލީޝިފާއުއަށް މިނިވަންކަޕް އޮގަނައިޒިން ކޮމިޓީން ހުށަހަޅާފައިވާ ޓްރޮފީ އަލީ ޝިފާއުއާއި ހަވާލްކޮށްދެއްވީ މިމެޗްގެ ޝަރަފްވެރި މެހްމާނާ ނާޖިޔާއެވެ.

Next: ރަނިންގ މޭޓަކަށް ވުމަށް އިދިކޮޅުން ވެސް ހުށަހެޅި – ޑރ.ޝަހީމް