އިއްޔެ ހަވީރު ހުޅުދޫ ފުޓްސަލް ދަނޑުގައި ކުޅެވުނު މިނިވަންކަޕް ފުޓްސަލް މުބާރާތުގެ މެޗު ބޮޑުތަފާތަކުން ގައުމު އެފްސި ކާމިޔާބު ކޮށްފިއެވެ.
އެއިލްންޑް އެފްސީއާއި ގައުމު އިއްޔެ ބައްދަލްކުރި މެޗު ގައުމު ކާމިޔާބުކުރީ 12 ލަނޑު 5 ލަނޑުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އިއްޔެ މެޗުގައި ގިނަވަގުތު ބޯޅަގެންގުޅެ ގިނަ ހަމަލާތައްވެސް އުފައްދާފައިވަނީވެސް ގައުމުންނެވެ. ނަމަވެސް އެއިލެންޑް އެފްސީންވެސް ވަނީ ދޭތެރެ ދޭތެރެއިން ގައުމު އެފްސީގެ ގޯލަށް ބާރު ބޮޑުކޮށްފައެވެ.
އިއްޔެ ކުޅެވުނު މިމެޗްގައި ގައުމު އެފްސީއަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ އަބްދުﷲ ސައްފާން 4 ލަނޑާއި ، އަލީ ލިރުއާމް އާއި އަހުމަދު ވިޝާހު ވަސީމު މިއިން ކޮންމެ ކުޅުންތެރިޔަކު 3 ލަނޑެވެ. އަދި މީގެ އިތުރަށް އަހުމަދު ސަބާހު ވަނީ 2 ލަނޑު ކާމިޔާބުކޮށްދީފައެވެ.
އެއިލެންޑް އެފްސީން މިމެޗްގައި ކާމިޔާބުކުރި ފަސް ލަނޑުގެ ތެރެއިން މުހައްމަދު މައުރޫފް 3 ލަނޑު ކާމިޔާބުކޮށްދީފައިވާއިރު އެޓީމުގެ އަނެއް ދެލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ސައީދު އާއި އަލީ އަނާލް އެވެ.
މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގައުމަށް މިމެޗްގައި 4 ލަނޑު ކާމިޔާބުކޮށްދިން އަބްދުﷲ ސައްފާނެވެ. މޮޅު ކުޅުން ތެރިއަކަށް ހޮވުނު އަބްދުﷲ ސައްފާންއަށް މިނިވަންކަޕް އޮގަނައިޒިން ކޮމިޓީން ހުށަހަޅާފައިވާ ޓްރޮފީ އަބްދުﷲ ސައްފާން އާއި ހަވާލްކޮށްދެއްވީ މިމެޗްގެ ޝަރަފްވެރި މެހްމާނާ ފެނަކަ ކޯޕަރޭޝަން ހުޅުމީދޫ ބްރާންޗްގެ އެސިސްޓެންޓް މެނޭޖަރ ނާހިދާއެވެ.