ފިތުރު އީދުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިމަހުގެ 14 ވަނަ ދުވަހުގެރޭ ” އައިއެސްއޭ ސްޓްރީޓް ކަޕް 2018 ” ގެ ނަމުގައި މީދޫ ފުޓްސަލް ދަނޑުގައި ފެށިގެން ކުރިއަށްދާ ފުޓްބޯޅަ މުބާރާތުގައި ރޭގެ ނިޔަލަށް 16 މެޗް ކުޅެވިއްޖެވެ.
10 ޓީމް ބައިވެރިވި މިމުބާރާތުގެ މެޗްތައް ކުރިއަށް ގެންދަނީ ދެގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕެއްގައި 5 ޓީމް ހިމެނޭ ގޮތަށެވެ.
މިގޮތުން ގްރޫޕް އޭގައި ހިމެނެނީ އާޔާއިއައްދާއި ، ހުޅުދޫ ޔޫތު ، ބީރިކަނާ ، ބްރަދާސް ޔުނައިޓެޑް އަދި ގައުމު ވެޓްރެންސްއެވެ.
ގްރޫޕް ބީގައި ހިމެނެނީ ހިރިގާ ، ޔުނައިޓެޑް ބްރަދާސް ، އަޚުން ، ޓާމިނޭޓާރސް އަދި ހުޅުމީދޫ ޕޮލިސްއެވެ.
މިމުބާރާތުގެ ގްރޫޕް އޭގައި މިހާތަނަށް ކުޅެވުނު މެޗްތަކުން 3 މެޗް ކުޅެގެން އެއްމެޗުން ދެރަވެ 2 މެޗުން މޮޅުވެ 6 ޕޮއިންޓް ލިބިގެން ގްރޫޕްގެ އެއްވަނާގައި މިވަގުތު އޮތީ ބްރަދާސް ޔުނައިޓެޑެވެ. 4 މެޗު ކުޅެގެން އެއްމެޗުން ދެރަވެ ދެމެޗުން އެއްވަރުވެ އެއްމެޗުން މޮޅުވެ 5 ޕޮއިންޓް ލިބިފައިވާ ހުޅުދޫ ޔޫތާއި 3 މެޗު ކުޅެގެން ދެމެޗުން އެއްވަރުވެ 1 މެޗުން މޮޅުވެ 5 ޕޮއިންޓް ލިބިފައިވާ އާޔާއިއައްދާއި އަށް ގްރޫޕް އޭގެ ދެވަނަ ލިބޭއިރު 3 މެޗް ކުޅެގެން ތިންމެޗުވެސް އެއްވަރުވެ 3 ޕޮއިންޓް ލިބިފައިވާ ބީރިކަނާއަށް ލިބެނީ ގްރޫޕް ބީގެ 3 ވަނައެވެ. 3 މެޗު ކުޅެގެން ދެމެޗުން ދެރަވެ އެއްމެޗުން އެއްވަރުވެ 1 ޕޮއިންޓް ލިބިފައިވާ ގައުމު ވެޓްރެންސްއަށް ލބެނީ ގްރޫޕް ބީގެ 4 ވަނަ އެވެ.
ގްރޫޕް ބީގެ މެޗްތަކަށް ބަލާއިރު ކުޅުނު 4 މެޗުން 12 ޕޮއިންޓް ލިބިގެން ގްރޫޕް ބީގެ 1 ވަނަ ލިބެނީ ހިރިގާއަށެވެ. ގްރޫޕް ބީގެ ދެވަނަ ލިބެނީ 3 މެޗު ކުޅެގެން 1 މެޗުން ދެރަވެ 2 މެޗުން މޮޅުވެ 6 ޕޮއިންޓް ލިބިފައިވާ ޔުނައިޓެޑް ބްރަދާސްއަށެވެ. މި ގްރޫޕްގައި އަޚުންނާއި ހުޅުމީދޫ ޕޮލިސްއަށް 3 މެޗު ކުޅެގެން 1 މެޗުން މޮޅުވެ 2 މެޗުން ދެރަވެގެން ލިބިފައިވަނީ 3 ޕޮއިންޓެވެ. މިގްރޫޕްގައި ހަމްޒާގެ ކެޕްޓަންގެ ދަށުގައި ކުޅޭ ޓާމިނޭޓާކުޅުނު 3 މެޗުންވެސް ދެރަވެފައިވާތީ އެޓީމަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
މިމުބާރާތުގައި މިރޭވެސް 4 މެޗު ކުޅުމަށްވަނީ ހަމަޖެހިފައެވެ. މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗްތަކުގެ ކުޅުންވެސް ފެށުމަށް ހަމަޖެހފައިވަނީ 8:30 ގައެވެ.