ރާއްޖެ އާއި މެދު އިންޑިޔާއިން ގެންގުޅޭ ސިޔާސަތާއި ގުޅިގެން ރާހުލް ފާޑުކިޔުން އިންޑިއާސަރުކާރަށް

އަވަށްޓެރި އިންޑިއާއާއި ރާއްޖޭގެ ގުޅުން ގޯސްވެފައިވާ މައްސަލާގައި އިންޑިއާގެ އިދިކޮޅު ޕާޓީ، ކޮންގްރެސް ޕާޓީއާއި، އެޕާޓީގެ ރައީސް ރާހުލް ގާންދީ އިންދިއާ ސަރުކާރަށް ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.


ރާއްޖޭގައި އިންޑިއާ ރައްޔިތުންނަށް ވޯކް ވިސާ ނުލިބޭކަމަށްބުނެ ދަ ހިންދޫގައި ލިޔެވައިވާ ލިއުމަކާއި ގުޅޭގޮތުން ރާހުލް ކުރެއްވި ޓްވިޓެއްގައި ވިދާޅުވެފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުގެ ފޮރިން ޕޮލިސީގެ ސަބަބުން ޒަމާނުއްސުރެ އިންޑިއާއާއި ގާތް ގުޅުމެއް އޮތް ރާއްޖެއާއި ގުޅުން ގޯސްވެފައިވާ ކަމުގައެވެ.
މިކަމަކީ އެއްވެސް އެޖެންޑާއެއްނެތި ފޮޓޯ ނެގުމުގެ ބޭނުމުގައި ބާއްވާ ބައްދަލުވުންތަކުގެ ނަތީޖާކަމަށްވެސް ރާހުލް ވިދާޅުވިއެވެ.

އިންޑިއާގެ އިދިކޮޅު ޕާޓީ ކޮންގްރެސް ޕާޓީންވެސްވަނީ ވިސާގެ މައްސަލާގައި މޯދީގެ ސަރުކާރަށް ފާޑު ކިޔާފައެވެ.
ކޮންގެރެސް ޕާޓީން ބުނެފައިވަނީ ރާއްޖެއިން އިންޑިއާ ރައްޔިތުންނަށް ވަޒީފާ ނުލިބޭއިރު ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ކުރާކަމެއް ނެތް ކަމުގައެވެ. އަދި މޯދީގެ ސަރުކާރުގެ ފޮރިން ޕޮލިސީގެ ފެއިލްވުން ދަނީ ކުރިއަށްކަމަށް އެޕާޓީން ބުނެފައި ވެއެވެ.

 

 

Next: އައިއެސްއޭ ސްޓްރީޓް ކަޕް 2018