ޑރ. މަޖީދު އަވަހާރަވެއްޖެ

ދިވެހިންގެ ތެރެއިން ގިނަ ބައެއްގެ އިޚްތިރާމާއި ލޯބި ހޯއްދަވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގެ އިސްލާމިކް މިނިސްޓަރުކަންވެސް ކުރައްވާފައިވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. ޢަބުދުލް މަޖީދު ޢަބުދުލް ބާރީ އަވަހާރަވެއްޖެއެވެ.

އަބްދުލް މަޖީދު އަވަހާރަވެފައި ވަނީ މިދިޔަ ހުކުރު ދުވަހު ލަންކާގައި ހުންނަވަނިކޮށް ސްޓްރޯކެއް ޖެހިގެން ލަންކާ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް މިމަހުގެ 22 ވީ އަންގާރަ ދުވަހުއެވެ.

ގުރުއާން ތަފްސީރުން ޕީއެޗްޑީ ހާސިލް ކުރައްވައިގެން ހުންނެވި ޑރ. މަޖީދަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް އިލްމުވެރިޔާއެވެ.

މަރްހޫމް ޑރ.އަބްދުލް މަޖީދު އަބްދުލްބާރީއަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވައި، މަރްހޫމްގެ އާއިލާއަށް ކެތްތެރިކަން ދެއްވާށި – އާމީން

Next: ޑރ. މަޖީދުގެ ޖަނާޒާ މިއަދު ލަންކާގައި ބާއްވަނީ