ސައުދީއަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަސް

ސައުދީ އަރަބިއްޔާއަށް، ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ 17 ވާ ބުރާސްފަތި ދުވަސްކަމަށް އެޤައުމުން ކަނޑައަޅައިފިއެވެ.

މިކަން ސައުދީގެ ސުޕްރީމް ކޯޓުން އިއުލާނުކޮށްފައި ވަނީ ދާދި ދެންމެއަކުއެވެ. އަންނަ ބުރާސްފަތި ދުވަހަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމުގައި އެޤައުމުން ކަނޑައަޅާފައި ވާއިރު އެޤައުމަށް މިރޭ ހަނދު ނުފެނެއެވެ.

ސައުދީގެ އިތުރުން، ބުރާސްފަތި ދުވަހަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމުގައި ނިންމި ޤައުމުތަކުގެ ތެރޭގައި މެލޭޝިއާ އާއި އޮސްޓްރޭލިއާ އާއި އިންޑޮނޭޝިއާ އާއި އޮމާންގެ އިތުރުން ޖަޕާން ހިމެނެއެވެ

Next: ރާއްޖެއަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމުގައި ކަނޑައަޅައިފ