ރާއްޖެއަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމުގައި ކަނޑައަޅައިފ

އިސްލާމިކް މިނިސްޓްރީން މާދަމާއަކީ ރާއްޖެއަށް ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައަޅައިއެވެ. އިސްލާމިކް މިނިސްޓްރީން މިގޮތައް ނިންމީ  ފަލަކީ ހިސާބުން ދައްކާގޮތުން  ބައެއް އިސްލާމީ ޤައުމުތަކަށް ހަނދު ފެންމަތިވެފައި ހުންނާނެ ކަމަށް ދައްކާތީއެވެ. މާދަމާއަކީ ރާއްޖެއަށް ރަމަޟާންމަހުގެ ފުރަތަމަ ދުވަސްކަމަށް ނިންމަމުން އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވަނީ މިގޮތައް ނިންމީ  ރާއްޖޭގައި ހަނދު ބެލުމުގައި ޢަމަލުކުރާ އުސޫލުކަމަށެވެ.

އިސްލާމިކް މިނިސްޓްރީން މާދަމާއަކީ ރާއްޖެއަށް ރަމަޟާންމަހުގެ ފުރަތަމަ ދުވަސްކަމުގައި ކަނޑައަޅާފައިމިވަނީ، ރާއްޖެއަށް ހަނދު ނުފެނި، އަދި އިސްލާމީ އެއްވެސް ބޮޑު ޤައުމަކަށް ރަމަޟާން މަހުގެ ހަނދު ނުފެނި ވަނިކޮށެވެ.

Next: ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތަކުގެ ބޭނުން ހެޔޮގޮތުގައި ހިއްޕެވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައިފި