ބާސެލޯނާއަށް ލީގު ހޯދުމުގެ ފުރުސަތު ލިބުނީ ލީގުގުގެ ކުރީކޮޅު ރެއާލްއަށް ގެއްލުނު ޕޮއިންޓްތަކުގެ ސަބަބުން- ޒިދާން

ބާސެލޯނާއަށް ސްޕެނިޝްލީގު ހޯދުމުގެ ފުރުސަތު ލިބުނީ ލީގުގުގެ ކުރީކޮޅު ރެއާލްއަށް ގެއްލުނު ޕޮއިންޓްތަކުގެ ސަބަބުންކަމަށް ރެއާލްމެޑްރިޑްގެ ކޯޗް ޒިދާން ބުނެފިއެވެ.

ފުރަތަމަ 11 ގައި ނުހިމެނޭ 10 ކުޅުންތެރީން ހިމަނައިގެން 2 -1 ން ރޭ  ލެގަނޭސް ބަލިކުރި މެޗަށްފަހު ޒިދާންބުނީ ސީޒަންގެ ކުރީކޮޅަށްވުރެ ރެއާލްމެޑްރިޑްގެ ހާލަތު މިހާރު ރަގަޅުކަމަށާ ކުޅުންވެސް  މާބޮޑަށް ރަގަޅުކަމަށެވެ.

ރޭ ލެގަނޭސް އާއި ރެއާލްމެޑްރިޑް ބައްދަލުކުރިމެޗްގެ 8 ވަނަ މިނިޓްގައި ބޭލް ކާމިޔާބުކޮށްދިން  ލަނޑަކާއެކު މެޗްގެ ފުރަތަމަ ދިހަމިނިޓްގެ ތެރޭގައި ރެއާލްއިން ލީޑު ނެގިއިރު ފުރަތަމަ ހާފްގެ ފަހުވަގުތުގައި ރެއާލްއަށް ލީޑު ފުޅާކޮށްދިނީ ބޯޖާ މަޔަރޯލްއެވެ.

ރޭގެ މެޗްގައި ލެގަނޭސް އިން ކާމިޔާބުކުރި ލަނޑު ދެވަނަ ހާފްގައި ލެގަނޭސްއަށް ކާމިޔާބުކޮށްދިނީ ޑާކޯ ބްރޭސްނެކް އެވެ.

ރޭގެ މެޗްގައި ރެއާލްމެޑްރިޑްގެ ކުޅުންތެރީން ކުޅުނު ކުޅުމާއިމެދު ހިތްހަމަޖެހިފައިހުރި ޒިދާންބުނީ އަންނަ އަންގާރަ ދުވަހު ޗެމްޕިއަންސް ލީގުގައި ބަޔާންމިއުނިކާއި ދެކޮޅަށް ނިކުންނަ މެޗަކީ މުޅިއަހަރުގައިވެސް ރެއާލްމެޑްރިޑް ކުޅެންޖެހޭ އެންމެ މުހިއްމު އެއްމެޗްކަމަށާ އެމެޗަށް ނިކުންނަނީ ފުރަތަމަ ލެގްގައި ލިބިފައިވާ ނަތީޖާ ދިފާއުކުރުމުގެ އަޒުމުގައި ކަމަށެވެ.

Next: ފެނަކައިގެ ބިލު ދެއްކޭނެ ސޮފްޓްވެއަރ އެއް އެކުންފުނިން ތައާރަފުކޮށްފި