އެމްޑީޕީ ޕްރައިމަރީގައި ބައިވެރިވާނަން، ކެޕްޕެއިން މެނޭޖަރަކީ މެމްބަރު އަސްލަމް – ނަޝީދު

ކުރިއަށް އޮތް ރިޔާސީ އިންތިޙާބުގައި ކުރިމަތިލުމަށް އެމްޑީޕީގެ ޕްރައިމަރީގައި ބައިވެރިވާނެކަމަށާއި، ކެމްޕެއިން މެނޭޖަރަކީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޙާބަށް ގުޅިފައިވާ ޕާޓީތަކުން ނެރޭނީ އެއް ކެނޑިޑޭޓުކަމަށެވެ. އަދި އެއް ކެނޑިޑޭޓަކު ހޮވާނީ ޕާޓީތަކުގެ ތެރޭގައި ޕްރައިމެރީއެއް ބޭއްވުމަަށް ފަހުގައި ކަމަށާއި އެމްޑީޕީގެ ތެރޭގައި ބާއްވާ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ޕްރައިމެރީގައި ވާދަ ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވެފައިވާއިރު ސަރުކާރުން ބުނެފައިވަނީ ގާނޫނުގެ ތެރެއިން ރިޔާސީ އިންތިހާބަށް ވާދަ ކުރެވޭނެ އެއްވެެސް ފުރުސަތެއް ނަޝީދަށް ނޯންނާނެ ކަމަށާއި އެ ފުރުސަތު ނުދޭނެ ކަމަށެވެ.

ރާއްޖޭގެ ޤާނޫނު އަސާސީ ބުނާ ގޮތުން ޖަލު ޙުކުމެއް ތަންފީޒު ކުރަމުން ގެންދަވަނިކޮށް އިންތިޙާބުގައި ވާދައެއް ނުކުރެވޭނެއެވެ. ނަޝީދު މިވަގުތު ގެންދަވަނީ 13 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

Next: ބާސެލޯނާއަށް ލީގު ހޯދުމުގެ ފުރުސަތު ލިބުނީ ލީގުގުގެ ކުރީކޮޅު ރެއާލްއަށް ގެއްލުނު ޕޮއިންޓްތަކުގެ ސަބަބުން- ޒިދާން