ނޭޕާލާ ބައްދަލުކޮށް ސީދާ ތިންސެޓް ރާއްޖޭގެ ގައުމީ ވޮލީޓީމް ބަލިވެއްޖެ

ބަންގްލަދޭޝްގައި މިހާރު ކުރިޔަށްދާ ސެންޓްރަލް ޒޯން ސީނިއާ މެންސް ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމު އިއްޔެ ކުޅުނު ފުރަތަމަ މެޗުން ނޭޕާލް އަތުން ރާއްޖެ ބަލިވެެއްޖެވެ.

މި މެޗުން ރާއްޖެ ބަލިވެފައިވަނީ ސީދާ ތިން ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު ނޭޕާލުން ހޯދީ 25-21 އިން ނެވެ. ދެވަނަ ސެޓް ނޭޕާލް ގެންގޮސްފައިވަނީ 25-17 އިންނެވެ. އަދި ތިންވަސެޓް ނޭޕާލުން ހޯދީ 25-15 އިންނެވެ.

މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދަން ރާއްޖެ އަށް ޖެހިފައިވަނީ މިއަދު ކުޅޭ މެޗުން ބަންގްލަދޭޝް އަތުން ސީދާ ތިން ސެޓުން މޮޅުވާށެވެ. މި ގްރޫޕްގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް ވަނީ ތިން ސެޓު އެއް ސެޓުން ނޭޕާލް ބަލިކޮށްފަ އެވެ.

Next: މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އަތުލައިގެންފި